ކ. ގުރައިދޫ ސްކޫލުގައި ތަޢުލީމު ޙާސިލްކޮށް، ގްރޭޑް 10 ނިންމާ ދަރިވަރުންގެ ތެރެއިން، "ބެސްޓް އޯލް ރައުންޑް" ގެ ގޮތުގައި ހޮވޭ ދަރިވަރަށް، މަތީ ތަޢުލީމަށް ކިޔެވުމަށް ގުރައިދޫ ކައުންސިލުން ސްކޯލަރޝިޕެއް ދިނުމަށް ނިންމައި، އެކަމަށް އަމަލު ކުރާނެ އުސޫލު އާއްމުކޮށްފިއެވެ.

މި ސްކޮލަރޝިޕަށް އެރަށު ކައުންސިލުން ދީފައިވާ ނަމަކީ "ޙުސައިންކަލޭގެ ސްކޮލަރޝިޕް" އެވެ.

މިހާރުން ފެށިގެން އަމަލު ކުރަން ފަށާފައިވާ މި ސްކޮލަޝިޕްގެ މަގުސަދަކީ ގުރައިދޫ ސްކޫލުގައި ސާނަވީ މަރުހަލާގައި ކިޔަވާ ދަރިވަރުން ކިޔެވުމަށް ބާރު އެޅުމާއި، ރަނގަޅު ނަތީޖާ ހޯދުމަށް ހިތްވަރު ދިނުން ކަމަށް ގުރައިދޫ ކައުންސިލުން ބުނެއެވެ.

ސްކޮލަޝިޕްގެ ދަށުން ފުރުސަތު ދެވޭނީ، ރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދޭ ކޮލެޖް، ޔުނިވަރސިޓީތަކުން، ދަރިވަރުންގެ އަމިއްލަ ހަރަދުގައި ކިޔަވާ ސަނަދުތަކަށް ކަމަށާއި، އެގޮތުން ފުރަތަަމަ ޑިގްރީއިން ފެށިގެން ޕީއެޗްޑީއާ ހަމައަށް މި ސްކޮލަޝިޕްގެ ދަށުން ފުރުސަތު ދެވޭނެ ކަމަށް ގުރައިދޫ ކައުންސިލްގެ އުސޫލުގައިވެއެވެ.

އެ އިއުލާނުގައި އިތުރަށް ބުނީ، 2021 ވަނަ އަހަރާއި 2022 ވަނަ އަހަރުގެ ބެސްޓްއޯލްރައުންޑް ސްޓޫޑެންޓަށްވެސް މި ސްކޮލަޝިޕަށް އެދި ހުށަހެޅޭނެ ކަމަށެވެ.

ސްކޮލަޝިޕް ލިބުނު ދަރިވަރެއްގެ ކޯސް ނިމުމުގެ ކުރިން ކިޔެވުން ހުއްޓާލައި ކޯސް ދޫކޮށްލައިފިނަ ސްކޮލަޝިޕުން ޚަރަދުކުރި ފައިސާ އަނބުރާ ދައްކަން ޖެހެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން