ކާބޯތަކެތި ޑެލިވަރީ ކުރުމުގެ މަސައްކަތް ކުރާތަނެއް ބަލައި ފާސްކޮށް ގަވައިދާ ހިލާފަށް އެތަނުގައި މަސައްކަތް ކުރަމުންދިޔަ ހަތަރު ބިދޭސީ އެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

އިމިގްރޭޝަނުން ބުނީ ފުޅާދާއިރާއެއްގައި ކާބޯތަކެތި ޑެލިވެރީ ކުރުމުގެ ޚިދުމަތް ދެމުންދިޔަ ކަމަށް "އިމިގްރޭޝަން ވޮޗް" އަށް ރިޕޯޓު ކޮށްފައިވާ ތަނެއް މިއަދު ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި ގަވާއިދާ ހިލާފަށް އެތަނުގައި މަސައްކަތް ކުރަމުންދިޔަ 4 ބިދޭސީން އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ރައްޔިތުން ދެއްވާ އެއްބާރުލުން އިމިގްރޭޝަނުން ވަނީ ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ. އަދިވެސް މިފަދަ މައްސަލަތައް "އިމިގްރޭޝަން ވޮޗް" މެދުވެރިކޮށް ރިޕޯޓު ކުރުމަށް އިމިގްރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

އިމިގްރޭޝަނުން ވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދިޔަ 2069 ބިދޭސީން ފުރުވާލާފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން