ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ދެވަނަ ދައުރެއް ހޯދައިދޭން ވެސް މަސައްކަތް ކުރައްވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު "އެކްސް"ގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޙަވާލުކުރެއްވި މަސްއޫލިއްޔަތު އަމާނާތްތެރިކަމާއެކު އަދާކުރުންމަތީ ދެމި ހުންނާނީ ފަރުބަދައެއް ފަދައިން ކަމަށެވެ. އަދި ރައީސް މުއިއްޒު ދެވަނަ ދައުރަކަށް ގެނައުމަށް ވެސް މަސައްކަތް ކުރައްވާނެ ކަމަށް ޑރ. ޝަހީމް ވިދާޅުވި އެވެ.

"އަބުރުކަތިލަން ކުރާ މަސައްކަތް ފެއިލްވާނެ،" ޕީއެޗްޑީ ސެޓްފިކެޓްގެ ޞައްޙަ ކަމާމެދު ސޯޝަލް މީޑީއާގައި ބައެއް ފަރާތްތަކުން ސުވާލު އުފައްދައި ދައްކަމުންދާ ވާހަކަތަކަށް އިޝާރަތް ކުރައްވައި ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ޕީއެޗްޑީގެ ސައްޙަކަމާއި މެދު ސުވާލު އުފައްދާތީ އޭނާގެ ދިފާއުގައި ދީނީ އިލްމުވެރިން ކަމަށްވާ ޑރ. މުޙައްމަދު ޢިޔާޒް ޢަބްދުއްލަޠީފާއި ޝެއިޚް އިލްޔާސް ޙުސައިން ވަނީ ނިކުމެވަޑައިގެންފައެވެ. އެކަމާ ގުޅިގެން މިނިސްޓަރު ޝަހީމް ވަނީ އެ ދެބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައެވެެ. އަދި އެކުވެރިކަމަކީ ގަދަފަދަ ބާރެއް ކަމަށް ވިދާޅުވެ ސަފުތައް އަލުން އިއާދަކޮށް ސާބިތުވެ ރައީސް ޑރ. މުއިއްޒަށް ހުރިހާ ބޭފުޅުން އެއްބާރުލުން ދެއްވުމަށް ޝަހީމް ވަނީ އެދިވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން