މަސްތުވާތަކެތީގެ 3 އޮޕަރޭޝަނެއްގައި މަސްތުވާތަކެތި އަތުލައިގަތް ނަމަވެސް ފުލުހުންނަށް ހައްޔަރު ކުރެވުނީ އެންމެ މީހެއް ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން ހާމަކޮށްފައިވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ށ. ކޮމަންޑުއާއި ފޯކައިދޫ ގެ އިތުރުން ނ. މަނަދޫގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ހޯދައި އެކަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މީގެ ތެރެއިން ށ. ކޮމަންޑޫގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި ފުލުހުންގެ އިންޓެލިޖެންސާއި ކޮމަންޑޫ ޕޮލިސް ސްޓޭޝަން، ފޯކައިދޫ ޕޮލިސް ސްޓޭޝަން އަދި މަނަދޫ ޕޮލިސް ސްޓޭޝަނުން ވަނީ ބައިވެރިވެފައެވެ. މި އޮގަސްޓް މަހުގެ 13 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަންގައި ކޮމަންޑޫން ވަނީ 22 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައި ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.
އެމީހާ ހައްޔަރުކޮށްފައިވަނީ ކޮމަންޑޫ ބަނދަރުމަތިން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓަކާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅެއް ފެނުމާ ގުޅިގެންކަމަށާއި، މިމައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ށ. ފޭދޫ ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވާކަމަށް ފުލުހުން ބުނެއެވެ.
މީގެ އިތުރުން ށ. ފޯކައިދުއާއި ނ. މަނަދޫގައި ހިންގި އޮޕަރޭޝަންގައި އެ ދެރަށުން މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށާއި، އެގޮތުން ފޯކައިދޫ ބަނދަރު ސަރަހައްދުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ބުލެޓް ސައިޒުގެ ރަބަރު ޕެކެޓެއް ފެނިފައިވާއިރު، މަނަދޫގައި ހިންގި އޮޕަރޭޝަނުގައި މަސްތުވާތަކެތި ހޯދާފައިވަނީ މާލެއިން އެރަށަށް އައި ބޯޓަކުން ބޭލި ފޮށިގަނޑެއް ބަލައިފާސްކޮށްގެން ކަމަށް ފުލުހުން ބުނެއެވެ. އަދި އެފޮށިގަނޑު ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފަސް ރަބަރު ޕެކެޓު ވަނީ ފެނިފައެވެ.
ފޯކައިދޫ އަދި މަނަދޫގައި ހިންގި އޮޕަރޭޝަނުގައި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި މަސްތުވާތަކެތީގެ މި މައްސަލަތައް ކޮމަންޑޫ، ފޯކައިދޫ އަދި މަނަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުން ކަމުގައި ފުލުހުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު