އިނގިރޭސިވިލާތުގައި ދިރިއުޅޭ ހުރިހާ ދިވެހިން އެގައުމުގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަނުގައި ރެޖިސްޓްރީވުމަށް ހައި ކޮމިޝަނުން އެދިއްޖެއެވެ.

މިއަދު އިނގިރޭސިވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަނުން ބުނީ އެ ގައުމުގައި ދިރިއުޅެމުންދާ ދިވެހިން ހައި ކޮމިޝަނުގައި ރަޖިސްޓްރީވުމަށް އެދޭ ކަމަށެވެ.

އިނގިރޭސިވިލާތުގައި ދިރިއުޅޭ ދިވެހިންނާއި އެގައުމަށް ދަތުރުކުރާ ދިވެހިން ސަމާލުވުމަށް ފޮރިން މިނިސްޓްރީން މީގެ ދެ ދުވަސް ކުރިން ވަނީ އިލްތިމާސްކޮށްފައެވެ.

އެގޮތުން އެ ހައި ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ އިނގިރޭސިވިލާތުގައި ދިރިއުޅޭ ދިވެހިންނާއި އިނގިރޭސިވިލާތަށް ދަތުރުކުރާ ދިވެހިން، އަދި ވަކިން ޚާއްޞަކޮށް ސައުތުޕޯޓް އަދި އެތާގެ ވަށައިގެންވާ ސަރަހައްދުތަކުގައި ދިރިއުޅޭ ފަރާތްތަކުން، އިތުރަށް ސަމާލުކަންދިނުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކުރާ ކަމަށެވެ.

އަމަންއަމާންކަން ގެއްލިފައިވާ ސަރަހައްދުތަކާ ދުރުހެލިވެ، އެ ސަރަހައްދުގެ ކަމާބެހޭ އިދާރާތަކުން ދޭ އެންމެހައި އިރުޝާދުތަކަށް ފުރިހަމައަށް ތަބާވުމަށްވެސް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މި ހަމަނުޖެހުންތަކާ ގުޅިގެން އެއްވެސް ބާވަތެއްގެ ކޮންސިއުލަރ އެހީތެރިކަމެއް ބޭނުންވެއްޖެ ހިނދެއްގައި، އިނގިރޭސިވިލާތުގައި ހުންނަ ދިވެހި ހައި ކޮމިޝަނާ ގުޅުއްވުމަށްވެސް ރާއްޖޭގެ ފޮރިން މިނިސްޓްރީން ވަނީ އެދިފައެވެ.

މިނިސްޓްރީން މިފަދައިން އިލްތިމާސްއެއް ކޮށްފައި ވަނީ އިނގިރޭސިވިލާތުގެ ހުޅަނގު އުތުރުގައި ހިމެނޭ ސައުތުޕޯޓުގައި ހިނގި ކުޑަކުދިންގެ ޑާންސް އަދި ޔޯގާ ކްލާހަކަށް ވަދެ މީހަކު ކުޑަކުދިންތަކަކަށް ވަޅިން ހަމަލާދިނުމުގެ ހާދިސާއަށް ފަހު އެގައުމުގައި މިހާރު ހިންގަމުންދާ ސިލްސިލާ މުޒާހަރާތަކާއި ހަރަކާތްތަކާ ގުޅިގެންނެވެ.

ވަޅިޖެހުމުގެ ހިތާމަވެރި ހާދިސާގައި ތިން ކުޑަކުދިން މަރުވެފައިވާއިރު މި އަނިޔާވެރި އަމަލު ހިންގީ މުސްލިމުން ކަމަށް ބުނެ ވަނީ އަޑުފަތުރާފައެވެ. ނަމަވެސް އިނގިރޭސި ސަރުކާރުން ވަނީ މި ހަމަލާ ދިނީ އިނގިރޭސިވިލާތަށް ނިސްބަތްވާ އެގައުމުގެ ރައްޔިތެއް ކަމަށް ބުނެފައެވެ. އަދި އެއީ މުސްލިމެއް ނޫންކަމަށް ވެސް މިހާރު ވަނީ އަޑުފެތުރިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން