ނުހައްގުން ސިފައިންގެ ހިދުމަތުން ވަކި ކުރި މީހަކަށް ބޮޑު ބަދަލެއް ދޭން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
ސިވިލް ކޯޓުން ނެރުނު ހުކުމުގެ ހުލާސާގައި ބުނެފައިވާ ގޮތުގައި ބަދަލު ނަގައިދޭން ހުށަހަޅާފައިވަނީ ސާޖަންޓް ފަސްޓް ކްލާސް އަލީ ވަހީދު އެވެ.
އޭނާ ސިފައިންގެ ހިދުމަތުން ވަކިކުރީ 25 ނޮވެމްބަރު 2013ގަ އެވެ. ނަމަވެސް 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 23ގައި އޭނާގެ ވަޒީފާ ވަނީ އަލުން އިއާދަކޮށްދީފަ އެވެ.
އެކަމަކު އޭނާ ވަނީ ވަޒީފާއިން ވަކިކޮށްފައި ހުރި ދުވަސްތަކަށް 2.1 މިލިއަން ރުފިޔާގެ ބަދަލު ނަގައިދޭން އެދިފަ އެވެ.
ސިވިލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމްގައި ބުނީ ވަހީދު ސިފައިންގެ ވަޒީގާއިން ވަކިކުރުމުގައި އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމުކޮށްފައި ނުވާ ކަމަށެވެ.
ނަމަވެސް ސިވިލް ކޯޓުން ހުކުމް ކުރީ ބަދަލުގެ ގޮތުގައި 1.8 މިލިއަން ރުފިޔާގެ ނަގައިދިނުމަށެވެ.
އަދި އެ ފައިސާ 15 ދުވަހުގެ ތެރޭގައި ދައްކާ ހަލާސްކުރުމަށް ޑިފެންސް މިނިސްޓްރީގެ މައްޗަށް ވަނީ އަމުރުކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު