ގައިންގަޔަށް ނާރާ ބަލިތަކާބެހޭ ދިރާސާއެއް ހަދާނެ ކޮންސަލްޓެންޓަކު ހޯދަމުންދާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވަނީ ގައިންގަޔަށް ނާރާ ބަލިތައް އިތުރުވެފައިވާތީ ހެލްތު މިނިސްޓަރު ޢަބްދުﷲ ޚަލީލު އަރިހުން އެކަމާ ގުޅޭ ގޮތުން ސުވާލު ކުރައްވާފައެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން ހެލްތު މިނިސްޓަރު ޢަބްދުﷲ ޚަލީލު ވެސް ވިދާޅުވީ ގައިންގަޔަށް ނާރާ ބޮޑެތި ބަލިތައް ރާއްޖޭގައި ގިނަކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެހެންވެ އެކަމާ ގުޅޭ ގޮތުން ދިރާސާއެއް ހެދުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާއެކު މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަރަށް އަވަހަށް ކޮންސަލްޓަންޓެއް ހަމަޖެހިގެންދާނެ" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ބައެއް ރަށްރަށުގައި ކެންސަރު ފަދަ ބަލިތައް އިތުރުކަން ވެސް ފާހަގަ ކުރެވިފައިވާކަމަށެވެ.

ކެންސަރަށް ފަރުވާ ދިނުމަށް ޚާއްޞަ ހޮސްޕިޓަލެއްގެ މަސައްކަތް ވެސް ސަރުކާރުން މިހާރު ދަނީ ކުރަމުންނެވެ،


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން