އައްޑޫ ސިޓީއަށް 1,600 ކިލޯވޯޓްގެ ޖެނެތޭޓަރ ސެޓެއް ގެންދިއުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
ފެނަކައިން ބުނީ، އައްޑޫއަށް މިވަގުތު ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ހައްލެއް ގެނައުމަށް 1,600 ކިލޯވޯޓްގެ ޖެންސެޓެއް އެ ސިޓީ އަށް ގެންދިއުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށެވެ.
މީގެ ކުރިން ފެނަކައިން ބުނެފައިވާ ގޮތުގައި، ކުރިޔަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އައްޑޫގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.
ފެނަކައިގެ މެނޭޖިން ޑިރެކްޓަރ މުއާޒު އަހުމަދު ރަޝީދު އޭރު ވިދާޅުވީ، ހިތަދޫގައި މި ވަގުތުގައި ވެސް އެކި ސަރަހައްދުތަކުން ކަރަންޓު ކަނޑަމުންދާ ކަމަށާއި، ހިތަދޫއަށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުންދަނީ ވަރަށް ބޮޑު ގޮންޖެހުންތަކަކާއެކު ކަމަށެވެ.
އައްޑޫގެ ކަރަންޓުގެ ހާލަތު ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވަމުން މުއާޒު ވިދާޅުވީ އެކަން ހައްލު ކުރުމަށާ ޗައިނާ ކުންފުންޏަކާއިއެކު އެއްބަސްވުމެއް ހަދާފައިވާ ކަމަށާއި ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އެ ޕްރޮޖެކްޓް ނިމުމުން އައްޑޫ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށެވެ.
އާބާދީ ބޮޑު އައްޑޫސިޓީގައި ކަރަންޓުގެ މައްސަލަތައް ޖެހެމުންދާތީ އެ ސިޓީގެ ރައްޔިތުން ދަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންކަން ފާހަގަ ކުރެވެއެވެ. ކަރަންޓުގެ މައްސަލަ އެންމެ ބޮޑަށް ކުރިމަތިވަނީ ހިތަދޫގައެވެ.

އައްޑޫ ސިޓީ އަށް މިވަގުތު ދިމާވެފައިވާ ކަރަންޓުގެ މައްސަލަ އަށް ހައްލެއް ގެނައުމަށް 1,600 ކިލޯވޯޓްގެ ޖެންސެޓެއް އެ ސިޓީ އަށް ގެންދިއުމުގެ މަސައްކަތް ދަނީ ކުރިއަށް.#TeamFenaka pic.twitter.com/exQnCwYBZr
— Fenaka Corporation Ltd (@TeamFenaka) August 6, 2024
މީގެ ކުރިން ފެނަކައިން ބުނެފައިވާ ގޮތުގައި، ކުރިޔަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އައްޑޫގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.
ފެނަކައިގެ މެނޭޖިން ޑިރެކްޓަރ މުއާޒު އަހުމަދު ރަޝީދު އޭރު ވިދާޅުވީ، ހިތަދޫގައި މި ވަގުތުގައި ވެސް އެކި ސަރަހައްދުތަކުން ކަރަންޓު ކަނޑަމުންދާ ކަމަށާއި، ހިތަދޫއަށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުންދަނީ ވަރަށް ބޮޑު ގޮންޖެހުންތަކަކާއެކު ކަމަށެވެ.
އައްޑޫގެ ކަރަންޓުގެ ހާލަތު ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވަމުން މުއާޒު ވިދާޅުވީ އެކަން ހައްލު ކުރުމަށާ ޗައިނާ ކުންފުންޏަކާއިއެކު އެއްބަސްވުމެއް ހަދާފައިވާ ކަމަށާއި ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އެ ޕްރޮޖެކްޓް ނިމުމުން އައްޑޫ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށެވެ.
އާބާދީ ބޮޑު އައްޑޫސިޓީގައި ކަރަންޓުގެ މައްސަލަތައް ޖެހެމުންދާތީ އެ ސިޓީގެ ރައްޔިތުން ދަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންކަން ފާހަގަ ކުރެވެއެވެ. ކަރަންޓުގެ މައްސަލަ އެންމެ ބޮޑަށް ކުރިމަތިވަނީ ހިތަދޫގައެވެ.
ކިޔުންތެރިންގެ ހިޔާލު