ކޯހެއް ފެށުމުގެ ކުރިން، އެކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ)އިން ހުއްދަ ދީފައިވާ ކޯހެއްކަން ޔަގީންކުރަން އެ އިދާރާއިން އެދެފިއެވެ.

އެމްކިއުއޭއިން ބުނީ، މަތީ ތައުލީމާއި ތަމްރީނު ދޭ ގިނަ މަރުކަޒުތަކުން، އެ މަރުކަޒުތަކުގައި ހިންގުމަށް ބޭނުންވާ ގިނަ ޕްރޮގްރާމްތަކެއް ސޯޝަލްމީޑިޔާގައި ހިއްސާ ކުރަމުނަދާ ކަމަށެވެ.

އެހެންކަމުން، ކިޔަވާ ދަރިވަރުން އެ ޕްރޮގްރާމަކަށް އެންރޯލް ވުމުގެ ކުރިން، އެ ޕްރޮގްރާމް އިޝްތިހާރު ކޮށްފައި ވަނީ އެމްކިއުއޭއިން ހުއްދަ ދީފައިވާ ގޮތަށް ކަން ކަށަވަރުކޮށް ކިޔެވުން ފެށުމުގެ ކުރިން އެ ޕްރޮގްރާމަކާ ބެހޭ މައުލޫމަތު ހޯދުމަށް އެމްކިއުއޭއިން އިލްތިމާސް ކުރިއެވެ.

އެމްކިއުއޭއިން ބުނީ، އެ އޮތޯރިޓީގެ ހުއްދަ ދީފައިވާ ޕްރޮގްރާމުތަކުގެ ލިސްޓާއި އެހެނިހެން މައުލޫމާތު އެ އޮތޯރިޓީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން