އިނގިރޭސިވިލާތުގައި ކުރަމުންދާ މުޒާހަރާގެ ތެރެއިން/ ފޮޓޯ: ގޫގުލް
އިނގިރޭސިވިލާތުގައި ކުރަމުންދާ މުޒާހަރާގެ ތެރެއިން/ ފޮޓޯ: ގޫގުލް
އިނގިރޭސި ވިލާތުގައި ކުރަމުންދާ މުޒާހަރާތައް ކުރިޔަށްދާ ތަންތަނަށް ދިވެހިން ނުދާން ފޮރިން މިނިސްޓްރީން އަންގައިފިއެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ މުޒާހަރާތައް ބޭއްވުމަށް ހަމަޖެހިފައިވާ ސަރަޙައްދުތަކުން ދިވެހިން ދުރުހެލިވުމަށް އެދޭ ކަމަށާއި އިނގިރޭސި ސަރުކާރާއި އިނގިރޭސިވިލާތުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުންދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށްވެސް އެދޭ ކަމަށެވެ.

މިދިޔަ މަހުގެ 29 އިން ފެށިގެން އިނގިރޭސި ވިލާތުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އެ ގައުމުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުން ދިވެހިންގެ ހާލަތު ގާތުން ބަލަމުން އަންނަ ކަމަށް މިނިސްޓްރީން ބުނެފައިވާއިރު އިނގިރޭސިވިލާތުގައި ދިރިއުޅޭ އެންމެހާ ދިވެހިންނާއި އެ ގައުމަށް ޒިޔާރަތްކުރާ ދިވެހި ފަތުރުވެރިންގެ ރައްކާތެރިކަމާއި ސަލާމަތަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ.

ފޮރިން މިނިސްޓްރީން ބުނީ 100 އަށް ވުރެ ގިނަ މުޒާހަރާ ރޭވިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި ދިވެހިން ރައްކާތެރިވެ ތިބުމަށް އެދޭ ކަމަށެވެ. އަދި މި ހަމަނުޖެހުންތަކާ ގުޅިގެން އެއްވެސް އެހީތެރިކަމެއް ބޭނުންވެއްޖެ ހިނދެއްގައި އިނގިރޭސިވިލާތުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނާ ( ފޯނުން 02072242135(44+) ) ގުޅުއްވުމަށް ނުވަތަ އީމެއިލް ކުރެއްވުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.



މިނިސްޓްރީން މިފަދައިން އިލްތިމާސް ކޮށްފައި ވަނީ އިނގިރޭސިވިލާތުގެ ހުޅަނގު އުތުރުގައި ހިމެނޭ ސައުތުޕޯޓުގައި ހިނގި ކުޑަކުދިންގެ ޑާންސް އަދި ޔޯގާ ކްލާހަކަށް ވަދެ މީހަކު ކުޑަކުދިންތަކަކަށް ވަޅިން ހަމަލާދިނުމުގެ ހާދިސާއަށް ފަހު އެގައުމުގައި މިހާރު ހިންގަމުންދާ ސިލްސިލާ މުޒާހަރާތަކާއި ގުޅިގެންނެވެ.

ވަޅިޖެހުމުގެ ހިތާމަވެރި ހާދިސާގައި ތިން ކުޑަކުދިން މަރުވެފައިވާއިރު މި އަނިޔާވެރި އަމަލު ހިންގީ މުސްލިމުން ކަމަށް ބުނެ ވަނީ އަޑުފަތުރާފައެވެ. ނަމަވެސް އިނގިރޭސި ސަރުކާރުން ވަނީ މި ހަމަލާ ދިނީ އިނގިރޭސިވިލާތަށް ނިސްބަތްވާ އެގައުމުގެ ރައްޔިތެއް ކަމަށް ބުނެފައެވެ. އަދި އެއީ މުސްލިމެއް ނޫންކަމަށް ވެސް މިހާރު ވަނީ އަޑުފެތުރިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން