ޝިޔާމް ފޮތްތައް ނެޝަނަލް ލައިބްރަރީއަށް ހަދިޔާ ކުރައްވަނީ
ޝިޔާމް ފޮތްތައް ނެޝަނަލް ލައިބްރަރީއަށް ހަދިޔާ ކުރައްވަނީ
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ކުރީގެ ޑިރެކްޓަރު ޖެނެރަލް އަހުމަދު ޝިޔާމް ނެޝަނަލް ލައިބްރަރީއަށް ގިނަ އަދަދެއްގެ ފޮތް ހަދިޔާކުރައްވައިފި އެވެ.

ޝިޔާމް "ރަސް"އަށް ވިދާޅުވީ އިއްޔެ އޭނާ ނެޝަނަލް ލައިބްރަރީއަށް ހަދިޔާ ކުރެއްވީ 700 ފޮތް ކަމަށެވެ.

އަދި އޭގެ ތެރޭގައި ގިނަވާނީ ދިވެހި ފޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭގެ ތެރޭގައި ދިވެހި ވާހަކައާއި މަޖައްލާތަކާއި އަދި އޭނާ ލިޔުއްވާފައިވާ ހަތަރު ފޮތް ވެސް ހިމެނެ އެވެ. އޭގެ ތެރޭގައި ސިނަމާލޭ ބްރިޖާއި އޭވިއޭޝަން ދާއިރާއާ ގުޅޭ ގޮތުން ލިޔުއްވާފައިވާ ފޮތް ހިމެނެ އެވެ.

ޝިޔާމް ވިދާޅުވީ އެފޮތްތައް ހަދިޔާ ކުރެއްވުމަކީ ކުރިންވެސް ނިންމަވާފައި އޮތް ކަމެއް ކަަމަށެވެ. އަދި އޭނާ ނެތް ދުވަހެއްގައި ވެސް ފޮތްތައް ހަދިޔާ ކުރަން އޮންނާނީ ވަސިއްޔަތް ކުރަށްވާފައި ކަމަށް އޭނާ ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން