ސްކޫލަކަށް ވަދެ ބިރު ދެއްކި މީހަކު 30 ދުވަހަށް ބަންދުކޮށްފި އެވެ.

ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އަލީ އަހުމަދު (41އ.) ނަމަކަށް ކިޔާ ދިވެހި ފިރިހެނެކެވެ.

އޭނާ ސްކޫލަށް ވަދެ އަޑު ގަދަކޮށް ބައެއް ޓީޗަރުންނަށް ބިރު ދެއްކި ކަމަށާއި ނަމަވެސް އެއްވެސް މީހެއްގެ ގައިގައި އަތް ނުލާ ކަމަށް ވެސް ބުނެފައި ވެއެވެ.

ނަމަވެސް އެއީ ކޮން ސްކޫލެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

އެ މީހާއަކީ ބިރު ދެއްކުމުގެ ރެކޯޑް އޮންނަ މީހެއް ކަމަށާއި އަދި އޭނާ ކުރި އަމަލަކީ ސްކޫލު ކުދިންގެ މެދުގައި ބިރުވެެރިކަން އުފެދޭނެ ކަމެއް ކަމަށް ވެސް ބުނެފައި ވެއެވެ.

އެހެންވެ އޭނާ 30 ދުވަހު ކަސްޓޯޑިއަލް ޖަލެއްގައި ބަހައްޓަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން