ރާއްޖެ އާއި އިންޑިއާއާ ދެމެދުގައި އޮތް ޒަމާންވީ ވަރުގަދަ ގުޅުން ދަމަހައްޓަން މަސައްކަތް ކުރުމުގެ އަޒުމުގައި ތިއްބެވިކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ފޮރިން އެފެއަރޒް މިނިސްޓަރު ސުބްރަމަނިއަމް ޖައިޝަންކަރު މިއަދު ރާއްޖެ ވަޑައިގެންނެވުމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޒަމީރު ވިދާޅުވީ، ޖައިޝަންކަރު ރާއްޖެ ވަޑައިގެންނެވީތީ ހޫނު މަރުހަބާއެއް ވިދާޅުވާކަމަށާއި ދެގައުމުގެ ގުޅުން ވަރުގަދަކޮށް ގުޅިގެން އެކުވެރިކަމާއެކު ކުރިއަށް ދިޔުމުގެ އަޒުމުގައި ތިއްބެވިކަމަށެވެ.

އޭގެ އިތުރުން އެކި ދާއިރާތަކުން ކުރިއެރުން ހޯދުމަށް ދެ ގައުމު ގުޅިގެން ކުރިއަށް ދިއުމަށާއި ދެ ގައުމުގެ ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށްޓަކައި މި ދަތުރުގެ ތެރެއިން މަޝްވަރާތައް ކުރިއަށް ގެންދަވާނެކަމަށް ވެސް ޒަމީރު ވަނީ ވިދާޅުވެފައެވެ.



ޖައިޝަންކަރު ރާއްޖެ ވަޑައިގެންފައި މިވަނީ އިންޑިއާއާއި ދެމެދު އޮތް ގުޅުން އިތުރަށް ބަދަހި ކުރަން ސަރުކާރުން ބޭނުންވާކަން ހާމަކޮށްފައިވަނިކޮށެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ދަނީ މި ސަރުކާރުގެ ސިޔާސަތަކީ އިންޑިއާ އާއި ފެއަށް ޖެހުމުގެ ވިސްނުން ކަމަށް ބުނަމުންނެވެ.

މިއީ މި ސަރުކާރު ވެރިކަމާ ހަވާލުވީފަހުން އިންޑިއާ ސަރުކާރުގެ އިސް ވެރިއަކު ރާއްޖެ ރަސްމީ ދަތުރެއް ކުރައްވާ ފުރަތަމަ ފަހަރެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން