މިނިވަންކަން ކޮމްޕްރޮމައިޒް ނުކޮށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންދަވާނީ ހުރިހާ ގައުމަކާ ވެސް ގުޅުން ބަދަހި ކުރައްވަމުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދުދާއިރާގެ މެންބަރު އަޙްމަދު އަޒާން ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ފޮރިން މިނިސްޓަރު ޖައިޝަންކަރު މިއަދު ރާއްޖެ ވަޑައިގެންނެވުމާއި ގުޅިގެން މީސްމީޑިއާގައި ދަނީ މި ސަރުކާރުގެ އިސްފަރާތްތައް އިދިކޮޅުގައި ކުރިން ތިބިއިރު އިންޑިއާއާއި ގުޅުވައި ދެއްކި ވާހަކަތަކަށް ފާޑުކިޔަމުންނެވެ. އަދި މިހާރު މި ސަރުކާރަށް އިންޑިއާގެ ހުރިހާ ކަމެއް ވެސް އޯކޭވީތޯ ބައެއް ފަރާތްތަކުން ދަނީ ސުވާލު ކުރަމުންނެވެ.

އެވާހަކަތައް މީސްމީޑިއާގައި ގަދަވެފައިވަނިކޮށް, އަޒާން މިއަދު އެކްސްގައި ވިދާޅުވީ, ރައީސް ޑރ. މުއިއްޒު ރާއްޖޭގެ މިނިވަންކަން ކޮމްޕްރޮމައިޒް ނުކޮށް ހުރިހާ ގައުމަކާ ގުޅުން ބަދަހިކުރައްވާނެ ކަމަށެވެ.

އޭގެ ބަދަލުގައި އެމްޑީޕީއިން ކުރިން ބުނީ އިންޑިއާ އަށް ރާއްޖެ ހިފިދާނެ ކަމަށާއި އަދި އިންޑިއާ ސިފައިންގެ އަދަދު ހާމަކޮށްފިނަމަ ދިވެހިން ބަނޑަށް ޖެހިދާނެކަމަށް ކަމަށް އަޒާން ވިދާޅުވިއެވެ. އަދި އޭރާ މިހާރުގެ ތަފާތަކީ އެއީ ކަމަށް ވެސް އަޒާން ވިދާޅުވިއެވެ.



ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި އިންޑިއާއާއިއެކު ބޭއްވި ގުޅުންތަކާއި ގުޅޭގޮތުން އެންމެ ގިނަ ސުވާލު އުފެއްދެވި އެއް ބޭފުޅަކީ އޭރު ނޫސްވެރިއަކަށް އުޅުއްވި އަޒާންއެވެ.

އަޒާން މިހެން ވިދާޅުވެފައިވާއިރު ސަރުކާރުން ވެސް ބުނަމުން ދަނީ, މި ސަރުކާރުން އެއްވެސް ގައުމަކާއި ދެކޮޅުވެރިކަމެއް ނޯންނާނެކަމަށާއި ކުރިއަށް ދާނީ ހުރިހާ ގައުމަކާއި ވެސް އެކުކަމަށެވެ. އަދި އިންޑިއާއާއި ރާއްޖެއާއި ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތްތަކެއް ކުރަމުން ދާކަމަށް ވެސް ސަރުކާރުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން