އިންޑިއާގެ އެހީގައި ރާއްޖޭގެ ސިވިލް ސާވިސްގެ އިތުރު 1،000 މުވައްޒަފުން ތަމްރީން ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ރާއްޖޭގެ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އާއި އިންޑިއާގެ ނެޝަނަލް ސެންޓަ ފޯ ގުޑް ގަވަނަންސްއާ ދެމެދު ސޮއިކުރި މި ފަހުމުނާމާގައި ސޮއިކޮށްފައިވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖަޔަޝަންކަރު މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި ފަހުމުނާމާގައި ސީއެސްސީގެ ފަރާތުން ސޮއިކުރަައްވާފައިވަނީ އެ ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހެވެ.



މިރަސްމިއްޔާތުގައި ޖައިޝަންކަރުގެ އިތުރުން ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރޭގެ މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ އަވަށްޓެރި އިންޑިއާއަކީ ރާއްޖެއާ އެންމެ ގާތް އަދި ތަރައްގީގެ އެންމެ ބޮޑު އެއް ބައިވެރިޔާ ކަމަށެވެ. ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގުޅުން އެތައް އަހަރެއް ވަންދެން ދެމިގެން ގޮސްފައިވާ ކަން ޒަމީރު ވަނީ ފާހަގަކުރައްވާފައެެވެ.

މިނިސްޓަރު ޒަމީރު ވިދާޅުވީ ރާއްޖޭގެ ތަރައްގީގެ ބައިވެރިއެއްގެ ގޮތުގައި އިންޑިއާ ދެމި އޮތުމާ ގުޅިގެން ދިވެހި ރައްޔިތުން ވެސް ތިބީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައި ކަމަށެވެ. އެގޮތުން ސިއްހީ ދާއިރާ، ތައުލީމީ ދާއިރާ، ޒުވާނުން، ކުޅިވަރު ދާއިރާ، ހައުސިން ފަދަ އެކިއެކި ދާއިރާތަކަށް އިންޑިޔާއިން ދޭ އެހީތެރިކަން ފާހަގަކުރައްވައި ޒަމީރު ވަނީ އިންޑިޔާ ސަރުކާރަށާއި ރައްޔިތުންނަށް ދިވެހި ސަރުކާރާ ރައްޔިތުންގެ ނަމުގައި ޝުކުރު އަދާކުރައްވާފައެެވެ.

ރާއްޖޭގެ ސިވިލްސާވިސް މުވައްޒަފުން ތަމްރީން ކުރުމަށް އިންޑިއާއާ އެކުގައި ހަދާފައިވާ އެއްބަސްވުންތަކުގެ ދަށުން މީގެކުރިން ވެސް އެކިއެކި މުއައްސަސާތަކުގައި މަސައްކަތްކުރާ މުވައްޒަފުން އިންޑިއާގައި ތަމްރީންކޮށްދީފައިވާ ކަން ފާހަގަކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން