ރާއްޖެއަކީ އިންޑިއާގެ ނެއިބާހުޑް ފަސްޓް ޕޮލިސީގެ އެންމެ މުހިންމު އެއް ތަނބު ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު ވިދާޅުވެއްޖެއެވެ.

ފޮރިން މިނިސްޓްރީގައި ރޭ އޮތް ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު ވިދާޅުވީ ރާއްޖެއަކީ އިންޑިއާއިން ޚާއްސަ އިސްކަމެއް ދޭ ގައުމެއްކަމަށެވެ.



ރާއްޖެއާއި އިންޑިއާއަކީ ހަމައެކަނި އަވަށްޓެރިން ނޫންކަމަށާއި ގުދުރަތީ ގޮތުން ވެސް ގުޅިފައިވާ ދެ ގައުމު ކަން ފާހަގަކުރައްވައި ޖައިޝަންކަރު ވިދާޅުވީ ގައުމުތައް މިއަދު ގުޅުވައިލެވި ބަވަނަވަމުން އަންނައިރު ބައިނަލްއަގްވާމީ މަސްރަހު ހަލަބޮލިވެ، އެކި މައްސަލަތަކާއި، ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށެވެެ. އެހެން ނަމަވެސް އިންޑިއާ ވެގެންދާނީ އަވަށްޓެރިންނަށާއި އެ ގައުމުގެ ޕާޓްނަރުންނާއި އެކުވެރިންނަށް ސުލްހައިގެ ބާރެއްކަމަށް ޖައިޝަންކަރު ވިދާޅުވިއެވެ.

ޖައިޝަންކަރު އިތުރަށް ވިދާޅުވީ މިދަތުރުފުޅުގައި ކުރިއަށް އޮތް އަހަރުތަކުގައި ދެ ގައުމުގެ ގާތް ގުޅުން ބައްޓަން ކުރާނެ ގޮތުގެ މައްޗަށް ވެސް މަޝްވަރާ ކުރެވޭނެ ކަމަށެެވެ. އެގޮތުން ރާއްޖޭގެ އުމްރާނީ ތަރައްގީ އަށާއި ރާއްޖޭގެ އިގުތިސާދު ސިންދަފާތުކޮށް ވަރުގަދަކޮށް އިޖުތިމާއީ ތަރައްގީގައި ދިވެހި ސަރުކާރަށް އިންޑިއާއިން ފޯރުކޮށްދީފައިވާ އެހީގެ ރަނގަޅު ނަތީޖާ، މި ދަތުރުފުޅުގެ ކުރިއަށް އޮތް ތިން ދުވަހުގެ ތެރޭގައި ފެންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޖައިޝަންކަރު ވިދާޅުވީ ރާއްޖެއާއެކު ގާތް ގުޅުމެއް ބާއްވައި، އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދިނުމަކީ އިންޑިއާ އިން އަބަދުވެސް ވަރަށް އިސްކަންދޭ ކަމެއް ކަމަށެވެެ. އިންޑިއާ އިން ރާއްޖެއާއެކު ބާއްވާ ގާތް ގުޅުން ބިނާވެފައި ވަނީ ދެ ގައުމުގެ ލާބައާއި މަންފާއަށްޓަކައި ކަމަށް ޖައިޝަންކަރު ވިދާޅުވިއެވެެ.

ރޭގެ މި ރަސްމިއްޔާތުގައި ވަނީ އިންޑިއާގެ އެހީގައި ރާއްޖޭގައި ކުރިއަށް ގެންގޮސްފައިވާ ބައެއް މަޝްރޫއުތައް ރަސްމީކޮށް އިފުތިތާހު ވެސް ކޮށްފަ އެވެ. އޭގެ ތެރޭގައި، ހިމެނެނީ އިންޑިއާ އާއި ރާއްޖެއާ ދެމެދު ވެފައިވާ، ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް (އެޗްއައިސީޑީޕީ) އެއްބަސްވުމުގެ މިދިޔަ އަހަރުތަކުގެ ތެރޭގައި ހިންގި ބައެއް މަޝްރޫއުތަކެެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން