އިންޑިއާގެ ޚާރިޖީ ވަޒީރު ރާއްޖޭގައި ގަސް އިންދެވުން
އިންޑިއާގެ ޚާރިޖީ ވަޒީރު ރާއްޖޭގައި ގަސް އިންދެވުން
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގައި އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. އެސް. ޖައިޝަންކަރު ބައިވެރިވެވަޑައިގެންފިއެވެ.

އެގޮތުން ޑރ. ޖައިޝަންކަރު މިއަދު ވަނީ މާލޭގެ ލޮނުޒިޔާރަތް ޕާކުގައި ސްޓަރ ފްރުޓް ގަހެއް އިންދަވައި ދެއްވާފައެވެ.

މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާބެހޭ ވުޒާރާއިން ބުނެފައިވަނީ އެގަހަކީ ރާއްޖެއިން ފަށާފައިވާ ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމާއި އިންޑިއާގެ ޕްލާންޓް ފޯރ މަދަރ އިނީޝިއޭޓިވްގެ ދަށުން އިންދި ގަހެއް ކަމަށެވެ.

މި ރަސްމިއްޔާތުގައި ޑރ. ޖައިޝަންކަރުގެ އަރިހުގައި ރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރާއި ތިމާވެށީގެ ވަޒީރު ތޯރިޤް އިބްރާހީމާއި މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ބައިވެރިވެވަޑައިގެންނެވިއެވެ.

އިންޑިއާގެ ޚާރިޖީ ވަޒީރު ރާއްޖެ ވަޑައިގެންނެވީ އިއްޔެގެ ހަވީރުގެ ވަގުތެއްގައެވެ. ޖައިޝަންކަރުގެ މި ދަތުރުފުޅަކީ ރާއްޖެއާއި އިންޑިއާއި ދެމެދުގައި ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ކުރެއްވި ދަތުރުފުޅެކެވެ.

ރައީސް މުޢިއްޒުގެ 5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު ފަށާފައިވަނީ މިއަހަރުގެ ތިމާވެށީގެ ދުވަހުގައެވެ. އެ މަޝްރޫޢުގެ ދަށުން 90 އަށްވުރެ ގިނަ ބާވަތުގެ ގަސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިންދުމަށް ސަރުކާރުން ވަނީ ރާވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން