ބޮޑު ޚަރަދުކޮށްގެން މަގުތައް ތަރައްގީކޮށް ހަދަނީ ބާރު ސްޕީޑުގައި އުޅަނދު ދުއްވައި ރޭސް ޖެހުމަށް ނޫންކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.
ޢަލީ ޝުޖާއު މިހެން ވިދާޅުވީ، ސްކޫލް ޓްރެފިކް މޮނިޓަރުންގެ 100 ވަނަ ބެޗުގެ ނިމުން ފާހަގަ ކުރުމަށް ފުވައްމުލަކު ސްކޫލުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުންނެވެ.
އެ ރަސްމިއްޔާތުގައި ސީޕީ ވިދާޅުވީ ބޮޑު ޚަރަދުކޮށްގެން މަގުތައް ހަދަނީ އޭގެ ސަބަބުން މަގުތައް ބޭނުންކުރާ ފަރާތްތަކާއި އުޅަނދުތައް ދުއްވަން ފަސޭހަ ކުރުމަށް ކަމަށެވެ. އަދި އެއީ ރޭސް ޖެހުމަށް ހަދާ މަގުތަކެއް ނޫންކަމަށް ސީޕީ ވިދާޅުވިއެވެ.
ސީޕީ ވިދާޅުވީ ސްކޫލްތަކުގެ ދަރިވަރުންނަށް ޓްރެފިކް މޮނީޓާސް ޕްރޮގްރާމް ހިންގުމުގެ އެންމެ ބޮޑު މަގުސަދަކީ ޓްރެފިކް ގަވާއިދުތަކަށް ބޯލަނބާ ޖީލެއް އުފެއްދުންކަމަށެވެ.
އަދި ދަރިވަރުން ވެސް ބޮޑުވެގެން ގަވާއިދާއި އެއްގޮތަށް ދުއްވާނަމަ ނަތީޖާއަކަށް ވާނީ އެކްސިޑެންޓް މަދުވެ އަނިޔާވާ މީހުން ވަރަށް ބޮޑަށް މަދުވެގެން ދިއުންކަމަށް ސީޕީ ވިދާޅުވިއެވެ.
ސީޕީ ވިދާޅުވީ، ގަވާއިދާއި ޚިލާފަށް ދުއްވާ މީހުން ހުއްޓުވައި ފިޔަވަޅު ވެސް އެޅޭކަމަށާއި ގަވާއިދާ ޚިލާފަށް ޕާކުކުރާ ތަކެތި ޓޯވެސް ކުރެވޭކަމަށެވެ. ނަމަވެސް، މަގުތަކަކީ ރައްކާތެރި ތަނަކަށް ހެދޭނީ ބާރު ސްޕީޑްގައި ތަކެތި ދުއްވުން ހުއްޓުވިގެންކަމަށް އޭނާ ވިދާޅުވިއެވެ.
ސީޕީ މިހެން ވިދާޅުވެފައިވާއިރު މި މަހުގެ ތެރޭގައި ވެސް ހުޅުމާލޭގައިވަނީ ބާރު ސްޕޯޑުގައި ދުއްވި ކާރަކުން ޖެހި މަގުމަތީ މަޑުކޮށްލައިގެން އިން މީހަކަށް ބޮޑެތި އަނިޔާތަކެއް ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު