ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ޚާރިޖީ ސިޔާސަތުގެ ސަބަބުން ރާއްޖޭގެ ކުރިމަގު ފެންނަނީ އުޖާލާކޮށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.

ޢަބްދުއްރަޙީމް މިހެން ވިދާޅުވީ ރައީސް ޑރ. މުޢިއްޒު، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމަނިއަމް ޖައިޝަންކަރާ ބައްދަލު ކުރައްވާ މަންޒަރު ފެންނަ ފޮޓޯތަކެއް ހިއްސާ ކުރައްވާ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައެެވެ.



މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ވިދާޅުވީ ރައީސް ޑރ. މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ޚާރިޖީ ސިޔާސަތުގެ ސަބަބުން ދިވެހީންގެ ރާއްޖޭގެ ކުރިމަގު ފެންނަނީ ނިކަން އުޖާލާކޮށް ކަމަށެވެ. އަދި ރައީސް ޑރ. މުއިއްޒަށް ޝުކުރު އަދާކުރައްވާ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

"ގައުމާއި ރައްޔިތުންގެ ހައްގުގައި ތިޔަކުރައްވާ މަސައްކަތްޕުޅަށާއި ތިޔަ ދައްކަވާ ސާބިތުކަމަށް އައްސަރިބަހާ ސާބަސް ދަންނަވަން،" މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން