ކޮންމެ ގުޅުމެއްގައިވެސް ވަފާތެރި ކަމަކީ ވަރަށް މުހިންމު ކަމެއް- ގޫގުލް ފޮޓޯސް
ކޮންމެ ގުޅުމެއްގައިވެސް ވަފާތެރި ކަމަކީ ވަރަށް މުހިންމު ކަމެއް- ގޫގުލް ފޮޓޯސް
ކޮންމެ ކަހަލަ ގުޅުމެއް ބިނާ ކުރުމުގައިވެސް ވަފާތެރިކަމަކީ ވަރަށް މުހިންމު ރޯލެއް އަދާ ކުރާ ކަމެކެވެ. ތިމާގެ ހަޔާތުގެ ބައިވެރިޔާ އާއެކު އޮތް ގުޅުމެއް ކަމުގައި ވިޔަސް، އެކުވެރިކަމުގެ ގުޅުމެއް ކަމުގައި ވިޔަސް ނުވަތަ ވިޔަފާރީގެ ގުޅުމެއް ކަމުގައި ވީނަމަވެސް އެކަކު އަނެކެއްގެ ދެމެދުގައި އޮންނަ ވަފާތެރިކަން ދެމެހެއްޓުމަކީ އެ ގުޅުމެއް ކާމިޔާބުވެ، ދިގުދެމިގެން ދިއުމުގައި މުހިންމު ދައުރެއް އަދާ ކުރާ ކަމެކެވެ. އެގޮތުން މިފަހަރު މި ހިމަނާލަނީ ހަޔާތުގެ ބައިވެރިޔާ އާއި އެކު އޮންނަ ގުޅުމުގައި ވަފާތެރިކަން ބިނާކުރުމަށް ކުރެވިދާނެ ބައެއް ކަންކަމެވެ.

އެކަކު އަނެކަކަށް ކުރާ ވައުދުތައް ފުއްދުން:

ތިބާގެ ބައިވެރިޔާއާއި ތިބާއާ ދެމެދު އޮންނަ ގުޅުމުގައި ވަފާތެރިކަން ބިނާކުރަން ބޭނުންވާނަމަ އެކަކު އަނެކަކަށް ކުރާ ވައުދުތައް ފުއްދުމަކީ ވަރަށް މުހިންމު ކަމެކެވެ. އެގޮތުން ތިބާގެ ބައިވެރިޔާ ކައިރީ ކަމެއް ކުރުމަށް ވައުދުވެފައިވާ ނަމަމ އެއީ ކިތަންމެ ކުޑަ ކަމަކަށްވީނަމަވެސް އެކަމެއް ފުއްދަން ޖެހޭނެއެވެ. ވައުދުތައް ފުއްދާނަމަ އެކަކު އަނެކެއްގެ މައްޗަށް އޮންނަ އިތުބާރު ބޮޑުވެ، ދެމީހުންގެ ގުޅުން އިތުރަށް ވަރުގަދަ ވެގެން ދެއެވެ. އެކަކު އަނެކަކަށް އިތުބާރު ކުރުމަކީ ވަފާތެރިކަން ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ކަމެކެވެ.

ބައިވެރިޔާއާއި ރަނގަޅަށް މުއާމަލާތުކޮށް ވާހަކަތައް ކަނުލައި އަޑުއެހުން:

ބައިވެރިޔާއާއި ރަނގަޅަށް މުއާމަލާތު ކޮށް، ބައިވެރިޔާވެ ވާހަކަތައް ކަނުލައި އަޑުއެހުމަކީވެސް ދެމީހުންގެ ދެމެދުގައި އޮންނަ ގުޅުމުގައި ވަފާތެރިކަން ބިނާކުރުމަށް ކުރަންޖެހޭ ކަމެކެވެ. ރަނގަޅަށް މުއާމަލާތުކޮށް އަޑުއަހާނަމަ އެކަކު އަނެކެއްގެ ހިތުގެ ޝުއޫރުތައް ފާޅުކުރަން ފަސޭހަވެއެވެ. އަދި ކަންކަމުގައި ހިޔާލު ތަފާތުވެ ދެބަސްވާ ވަގުތުތަކުގައި މައްސަލަތައް ހައްލު ކުރަން ވެސް ފަސޭހަވެގެން ދެއެވެ. އަދި ހަމަ އެހެންމެ ދެމީހުންގެ މެދުގައި އޮންނަ އިތުބާރު ވަރުގަދަވެ، ދެމީހުންގެ ގުޅުންވެސް ވަރުގަދަވެގެން ދެއެވެ.

އެކަކު އަނެކަކަށް ސަޕޯޓު ކުރުން:

އެކަކު އަނެކަކަށް ސަޕޯޓު ކުރުމަކީވެސް ދެމީހުންގެ ދެމެދުގައި އޮންނަ ގުޅުމުގައި ވަފާތެރިކަން ބިނާ ކުރުމަށްޓަކައި ކުރަންޖެހޭ ކަމެކެވެ. އެގޮތުން އެކަކު އަނެކަކަށް ދިމާވާ އުސްމިންތަކާއި އަޑިގުޑަންތަކުގައި އެކުގައި ވުމާއި، އެކަކު އަނެކެކަށް އެހީތެރިކަން ބޭނުންވާއިރު އެހީތެރިކަން ފޯރުކޮށްދިނުމާއި، އެކަކު އަނެކެއްގެ އުފަލާއި ހިތާމާގައި ބައިވެރިވުމަކީ ވަރަށް މުހިންމު ކަމެކެވެ. މިގޮތަށް ކަންތައް ކުރާނަމަ ދެމީހުންގެ ދެމެދުގައި އޮންނަ އިތުބާރު ވަރުގަދަވެ، ދެމީހުންގެ ދެމެދުގައި އޮންނަ ޖަޒުބާތީ ގުޅުން އިތުރަށް ވަރުގަދަވެއެވެ. އަދި އޭގެ ސަބަބުން ގުޅުމުގައި ވަފާތެރިކަން ބިނާވެ، ގުޅުން އިތުރަށް ވަރުގަދަވެގެން ދެއެވެ.

ތެދުވެރިވުން:

ތިބާގެ ހަޔާތުގެ ބައިވެރިޔާއަށް ތެދުވެރިވުމަކީވެސް ދެމީހުންގެ މެދުގައި އޮންނަ ގުޅުމުގައި ވަފާތެރިކަން ބިނާކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެކެެވެ. އެކަކު އަނެކަކަށް ތެދުވެރިވާނަމަ ދެމީހުންގެ ދެމެދުގައި އޮންނަ އިތުބާރު ބޮޑުވެ، އެކަކު އަނެކަކުގެ ޖަޒުބާތުތަކާއި ހިތުގެ ޝުއޫރުތައް ފާޅުކުރަން ފަސޭހަވެގެންދެއެވެ. އަދި އޭގެ ސަބަބުން ގުޅުމުގައި ވަފާތެރިކަން ބިނާވެ، ގުޅުން އިތުރަށް ވަރުގަދަ ވެގެން ދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން