މީސް މީޑިއާގެ ސަބަބުން ފުރާވަރުގެ ކުދިންނަށް އެކިކަހަލަ ގެއްލުން ވޭ- ގޫގުލް ފޮޓޯސް
މީސް މީޑިއާގެ ސަބަބުން ފުރާވަރުގެ ކުދިންނަށް އެކިކަހަލަ ގެއްލުން ވޭ- ގޫގުލް ފޮޓޯސް
މި ޒަމާނަކީ ޓެކްނޮލޮޖީގެ ގޮތުން އެތަކެއް ކުރިއެރުންތަކެއް ލިބިފައިވާ ޒަމާނަކަށް ވެފައިވާއިރު، އަޅުގަނޑުމެންގެ ތެރޭގަައި ކުދިބޮޑު އެންމެންވެސް ތަފާތު އެކި މީސް މީޑިއާ ޕްލެޓުފޯމުތައް ބޭނުން ކުރެއެވެ. އެގޮތުން ފޭސްބުކު، އިންސްޓަގްރާމް، ޢެކްސް އަދި ޓިކްޓޮކް ފަދަ މީސް މީޑިއާ ޕްލެޓުފޯމުތައް މިވަނީ ފުރާވަރުގެ ކުދިންގެ މެދުގައި ވަރަށް އާންމު ވެފައެވެ. ފުރާވަރުގެ ކުދިން ސޯޝަލް މީޑިއާ ބޭނުން ކުރާވަރު އިތުރުވެފައިވާއިރު، މިކަމުގެ ސަބަބުން އެކުދިންނަށް ދަނީ އެކިކަހަލަ ނޭދެވޭ އަސަރުތައް ކުރަމުންނެވެ.

އެގޮތުން ބަލާއިރު މީސް މީޑިއާގެ ސަބަބުން ފުރާވަރުގެ ކުދިންނަށް ނަފްސާނީ ބަލިތައް ޖެހުމަކީވެސް ވަރަށް ގިނައިން ކުރިމަތިވާ ކަމެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރު ކުދިން މީސް މީޑިއާ ޕްލެޓުފޯމުތައް ބޭނުން ކުރުމުން އެކުދިން އެކަމަށް ދެވިހިފައެވެ. އަދި އެކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށްވެސް އޭގެ ސަބަބުން އަސަރު ކުރާކަމަށް ދިރާސާތަކުން ދައްކައެެވެ. އެގޮތުން މީސް މީޑިއާ ބޭނުން ކުރުމުގެ ތެރޭގައި ކުރިމަތިވާ ތަފާތު އެކިއެކި ކަންތައްތައްކުގެ ސަބަބުން އެކުދިން ޑިޕްރެޝަން އާއި އެންޒައިޓީފަދަ ނަފްސާނީ ބަލިތަކުގެ ޝިކާރައަކަށް ވާކަމަށްވެސް ވަރަށް ގިނަ ދިރާސާތަކުން ދައްކައެެވެ.

މީގެ އިތުރުން މީސް މީޑިއާގެ ސަބަބުން ކުދިންގެ އުޅުމަށާއި މިޒާޖަށްވެސް ބޮޑެތި ބަދަލުތަކެއް އާދެއެވެ. މީސް މީޑިއާއަކީ ތަފާތު އެކި ކަހަލަ މީހުން އުޅޭ ތަނެކަށްވުމުން މީސް މީޑިއާ ބޭނުން ކުރާއިރު ތަފާތު އެކިކަހަލަ މީހުންނާ ވާހަކަ ދެކެވި ގުޅުންތައްވެސް ބަދަހިވާނެއެވެ. އަދި ހަމަ އެހެންމެ ފުރާވަރުގެ އުމުރަކީ ކުދިންގެ ވިސްނުން ބައްޓަންވަމުން އަންނަ އުމުރަށް ވުމުގެ ސަބަބުން މި އުމުރުގައި އެކުދިން ވާހަކަ ދައްކައި އުޅޭ މީހުންގެ ސަބަބުން އެކުދިންގެ އުޅުމަށާއި މިޒާޖަށް ތަފާތު ބަދަކުތައް އާދެއެވެ. އަދި ބައެއް ހާލަތްތަކުގައި އެކުދިންގެ މިޒާޖާއި އަހްލާގަށް ނޭދެވޭ ބަދަލުތަކެއް އައިސް، އެކުދިން ނުބައި މަގަކުން ހިނގުމަކީވެސް އެކަށީގެންވާ ކަމެކެވެ.

އަދި މީގެ އިތުރުން ކުދިންގެ ރައްކާތެރިކަމަށް އެކިކަހަލަ ހުރަސްތައް އެޅުމާއި، "ސައިބާ ބުލީން" ގެ ޝިކާރައަކަށް ކުދިންވުމާއި، އެކުދިންގެ އުމުރާއި ނުގުޅޭ އަޑުތަކާއި މަންޒަރުތައް ކުދިންނަށް ފެނި ދަސްވުމަކީވެސް މީސް މީޑިއާގެ ސަބަބުން ފުރާވަރުގެ ކުދިންނަށް ކުރާ ބައެއް ނޭދެވޭ އަސަރުތަކެވެ. އެހެންކަމުން މިފަދަ ކަންކަމުން ކުދިން ރައްކާތެރި ކުރުމަކީ މައިންބަފައިންގެ ވަރަށް ބޮޑު ޒިންމާއެކެެވެ. ވީމާ ފުރާވަރުގެ ކުދިންނަށް މީސް މީޑިއާ ބޭނުން ކުރުމުގެ ހުއްދަ ދޭއިރު، އެކުދިންނަށް މިކަމުގެ ނުރައްކާތައް ކިޔައިދީ، ވަކި ހަމަތަކެއްގެ މަތިން މީސް މީޑިއާ ބޭނުން ކުރުމަށް ބާރުއަޅަން ޖެހެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން