ރާއްޖޭޣެ ވިޔަފާރިވެރިޔާ މޫސާ މުހައްމަދު ފުޅު (ހުވަނދުމާ މޫސާފުޅު) ނިޔާވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އޭނާގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެއްޖެ އެވެ.

މޫސާފުޅު ނިޔާވީ މިދިޔަ ހުކުރު ދުވަހު އެވެ.

އޭނާ ނިޔާވި އިރު އުމުރުން 82 އަހަރެވެ.

މޫސާފުޅު ނިޔާވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިިއްޒު އެކްސްގައި ވިދާޅުވީ އޭނާއަކީ ތަޖްރިބާކާރު ވިޔަފާރިވެރީންގެ ތެރޭގައި ހިމެނިވަޑައިގަންނެވި ބޭފުޅެއް ކަމަށެވެ.

"މޫސާ މުޙައްމަދުފުޅު (ހުވަނދުމާ މޫސާފުޅު) އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެ، މަރުޙޫމުގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވައި، ޢާއިލާއަށް ކެތްތެރިކަން މިންވަރުކޮށްދެއްވުން އެދި ދުޢާކުރަމެވެ." ރައީސް މުއިއްޒު އެކްސްގައި އިތުރަށް ވިދާޅުވި އެވެ.

ހަމަ އެހެންމެ މޫސާފުޅަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރެއްވުމަށް ވެސް ރައީސް ދުއާ ކުރެއްވި އެވެ.

މޫސާފުޅުގެ ކަށު ނަމާދު މިއަދު މެންދުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައި ކުރިއަށް ގެންދަންވަނީ ނިންމައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން