ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ރިޕޯޓްކުރަން ތައާރަފްކުރި އޮންލައިން ޕްލެޓްފޯމް "އިމިގްރޭޝަން ވޮޗް"އަށް ހޫނު ތަރުހީބެއް ލިބެމުންދާ ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.

އިމިގްރޭޝަނުން އެ ޕްލެޓްފޯމް ތައާރަފްކުރީ މިދިޔަ މަހުގެ 17 ވަނަ ދުވަހު އެވެ.

އެ ޕްލެޓްފޯމް މެދުވެރިކޮށް ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތަކާއި ގަވާއިދާ ޚިލާފަށް ރާއްޖެ އެތެރެވާން މަސައްކަތް ކުރާ މީހުންގެ މައުލޫމާތުވެސް އާންމުންނަށް ރިޕޯޓްކުރެވޭނެ އެވެ. އެޕޯޓަކް ފަރުމާ ކޮށްފައިވަނީ ކާކުކަން ނޭނގޭ ގޮތަށް ވެސް ރިޕޯޓްކުރެވޭ ގޮތަަށެވެ.

އިމިގްރޭަޝަންގެ އޮފިޝަލަކު ވިދާޅުވީ މިހާތަނަށް 277 މައްސަލަ އެ ޕޯޓަލަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން 128 މައްސަލައަކަށް އެޓެންޑްވެފައިވާ ކަަމަށްވެސް އޮފިޝަލު ވިދާޅުވި އެވެ.

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން މިހާރު ދަނީ ގަވައިދުން ރެއިޑްތައް ހިންގަމުން ނެވެ.

އެފަދަ ރެއިޑްތަކުގައި ބޮޑަށް އިސްކަންދެމުން ދަނީ ގަވައިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދުމަށެވެ.

ސަރުކާރުގެ އަމާޒަކީ މި ފަސް އަހަރުގެ ތެރޭގައި ގަވާއިދާ ހިލާފަށް އުޅޭ 50،000 ބިދޭސީން ޑީޕޯޓްކުރުން ކަމަށް އިމިގްރޭޝަން ކޮންޓްރޯލަރު މުޙައްމަދު ޝަމްއާން ވަނީ ވިދާޅުވެފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން