ކުރިއަށް އޮތް ހަތަރު އަހަރު ތެރޭގައި ހުޅުމާލޭގައި މަދުވެގެން ހަތް ސުކޫލު އަޅާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިއަދު މާލެ ސިޓީ ކައުންސިލާ ބައްދަލުކުރަށްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ހުޅުމާލޭގެ ތިން ފިޔަވަހީގައި އާބާދުވާ ދެ ލައްކައަށް ވުރެ ގިނަ މީހުންގެ އާބާދީއަކަށް

މިހާރު ހުރި ސުކޫލުތަކާ އެއްކޮށް ހުޅުމާލޭގައި 22 ސުކޫލު ގާއިމުކުރަންޖެހޭނެ ކަމަށް ބެލެވޭ ކަމަށެވެ. އެގޮތުން ރައީސް ވިދާޅުވީ އެމަނިކުފާނުގެ އަމާޒަކީ މިދައުރުގެ ތެރޭގައި މަދުވެގެން 07 ސުކޫލު އެޅުން ކަމަށެވެ.

"މަދުވެގެން ހަތް ސުކޫލު ނޫނިއްޔާ ދިހަ ވަރަކަށް ސުކޫލު ކުރިއަށް އޮތް ހަތަރު އަހަރު ތެރޭގައި ނިންމޭތޯ ބަލާނަން،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް މުއިއްޒު ވިދާޅުވީ ހުޅުމާލޭގައި ގިނަ ސުކޫލުތައް އެޅުމަކީ ވަރަށް ބޮޑު މަސައްކަތެއް ކަމަށާއި އެކަމަށް ވަރަށް ބޮޑު ހަރަދެއް ހިނގާނެ ކަމަށެވެ. ރައީސް ވިދާޅުވީ ހުޅުމާލޭގައި އަލަށް ގާއިމުކުރާ ކޮންމެ ސުކޫލެއްގައި 1500 އެއްހާ ކުދިންނަށް ކިޔެވޭނެ ޖާގަ ހުންނާނެ ކަމަށެވެ. އެ ސުކޫލުތައް ގާއިމުކުރުމަށް ބޮޑު ބަޖެޓެއް ހިނގި ނަމަވެސް، އެކަމަށް އިސްކަން ދެއްވާނެ ކަމުގެ ޔަގީން ކަން ރައީސް ވަނީ ދެއްވާފައެވެ.

ރައީސް ވިދާޅުވީ ކޮންމެ ދުވަހަކު ހުޅުމާލޭން މާލެއަށް ކުދިން ސުކޫލަށް ގެންނަކަމަށާއި އެކަމަށް ގިނަ ދަތުރުތަކެއް ކުރަންޖެހޭ ކަމަށެވެ. އަދި މިހާރު ހުރި ސުކޫލުތަކުގެ އިތުރަށް ހުޅުމާލޭގައި ދިހަވަރަކަށް ސުކޫލު އެޅުނަސް ޓްރެފިކަށް ވަރަށް ބޮޑަށް ލުއިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން