މާލޭގެ މޭޔަރު އާދަމް އާޒިމް--
މާލޭގެ މޭޔަރު އާދަމް އާޒިމް--
ހުޅުމާލެ ފޭސް ދޭކާއި ގުޅިފަޅުގައި ބޮޑު ސަހަރާއެއް ހަދަން މާލޭގެ މޭޔަރު އާދަމް އާޒިމް ހުށަހަޅުއްވައިފި އެވެ.

މާލޭ ސިޓީ ކައުންސިލްގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއާއެކު މިއަދު ބޭއްވެވި ބައްދަލުވުމުގައި މޭޔަރު އާޒިމް ވިދާޅުވީ ސަހަރާތައް ފުރުމުގެ މައްސަލަ ވަރަށް ބޮޑުވެފައިވާ ކަމަށާއި މިއީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

އޭނާ ވިދާޅުވީ ހުޅުމާލެ އަދި މާލޭގެ ސަރަހާ ފުރެން ކައިރިވެފައިވާ ކަމަށެވެ.

އެގޮތުން ހުޅުމާލެ ސަަހަރާ ހަ މަސް ދުވަހުގެ ތެރޭގައި ފުރިދާނެކަމަށް ބެލެވޭ ކަމަށް އާޒިމް ވިދާޅުވި އެވެ. އަދި ދެން އޮތް ސަހަރާވެސް ދެ އަހަރެއްހާ ދުވަސް ތެރޭގައި ފުރިދާނެ ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންކަމުން ހުޅުމާލެ ފޭސް ދޭކާއި ގުޅީ ފަޅު ސަރަހައްދުން މަދުވެގެން 150،000 މީހުން ވަޅުލެޥޭ ވަރުގެ ޖާގަ ހުރި ތަނަކުން ސަަހަރާއަށް ބިމެއް ބޭނުންވާ ކަމަށް މޭޔަރ ވިދާޅުވި އެވެ.

"އެއީ މާލޭ ސަރަހައްދުގައި މިހާރު ހުރި ހުރިހާ ބިންތަކެއް ހިއްކި މި ނިމެނީ. އެހެންވީމާ މާލޭ ސަރަހައްދުގައި ދެން ބުރިޖަކުން ގުޅާލެވޭ ސަރަހައްދެއްގައި ވަޅުލެވޭނީ. އެހެން ނޫނީ ދެން ޖެހޭނީ ކަނޑު ދަތުރުކޮށްފަ ދުުރު ސަރަހައްދަކަށް ދާން ހަމަ. އެހެންވީމާ މިކަމަށް ޕްލޭން ހައްދަވާއިރު އަޅުގަނޑު އެދެން ހަމަ ވަރަށް ބޮޑަށް ވިސްނެވުމަށް" އާޒިމް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން