ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ ބޯޑުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުމުގެ ކަންކަން ވިލަރެސްކުރާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން މިއަދު އާންމުކޮށްފައިވާ އިއުލާނެއްގައި ވަނީ މި މަހުގެ 8 ވަނަ ދުވަހު ކުންފުނިތަކުގެ ބޯޑުތަކަށް ގެނައި ބަދަލުތައް އާންމުކޮށްފައެވެ.

އެ އިއުލާނުގައި ވާގޮތުން ޖުމުލަ 10 ކުންފުންޏެއްގެ ބޯޑު މެންބަރުންނަށް ވަނީ ބަދަލުތައް ގެނެސްފައެވެ.

ބަދަލު ގެނައި ބޯޑު ތަކުގެ ތެރޭގައި ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ލިމިޓެޑް، މޯލްޑިވްސް ޕޯސްޓް ލިމިޓެޑް، އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑް، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް، ފަހިދިރިއުޅުން ކޯޕަރޭޝަން، ފެނަކަ ކޯޕަރޭޝަން، ޕޮލިސް ވެލްފެއަރ ކޯޕަރޭޝަން، އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން، އަދި ވޭސްޓްމެނޭޖްމަންޓް ކޯޕަރޭޝަންގެ ބޯޑު ހިމެނެއެވެ.



އެ ކުންފުނިތަކުގެ ބޯޑަށް ބޮޑެތި ބަދަލުތަކެއް ކުއްލި ގޮތަކަށް ގެނައި ސަބަބެއް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، ގިނަ ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމަށް ބޮޑެތި ފިޔަވަޅުތަކެއް އަޅާނެކަން މީގެ ކުރިން ސަރުކާރުންވަނީ ހާމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން