ކުރިއަށް އޮތް ތިން ދުވަހު މާލެ ސިޓީ އަށް އެއް މަސް ދުވަހުގެ ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް ދުނިޔޭގެ މޫސުމާބެހޭ ރިޕޯޓް ތަކުން ލަފާކޮށްފިއެވެ.

އަލް ޖަޒީރާ އިން ގެނެސްދޭ ބައިނަލްއަގުވާމީ މޫސުމާ ބެހޭ ރިޕޯޓުގައި ލަފާކޮށްފައިވާ ގޮތުން މާލެ ސިޓީ އަށް ކުރިއަށް އޮތް ތިން ދުވަހު ވަރަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށެވެ.

މި ރިޕޯޓުގައި ބުނީ ތިން ދުވަހުގެ ތެރޭގައި އެއް މަސް ދުވަހުގެ ވާރޭ ވެހުން އެކަށީގެންވާ ކަމަށާއި ރާއްޖޭގެ އިތުރުން އަވަށްޓެރި ސްރީ ލަންކާއަށް ވެސް ވަރަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމުގައި އެ ރިޕޯޓުގައި ބުނެފައިވެއެވެ.

ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް ދުނިޔޭގެ މޫސުމާބެހޭ މި ރިޕޯޓުގައި ލަފާކޮށްފައިވާއިރު ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ވެސް ވަނީ ރާއްޖޭގެ މޫސުން ގޯސް ވާނެ ކަމަށް ލަފާކުރެވޭ ކަމަށް ބުނެފައެވެ. އަދި މެޓް އޮފީހުން ވަނީ ރާއްޖޭގެ ހުރިހާ ހިސާބަކަށް ހުދު ސަމާލުވެސް ނެރެފައެވެ.

މެޓް އޮފީހުން ހުދު ސަމާލު ނެރެފައި ވަނީ މިއަދު ހެނދުނު 9:00 އިން ފެށިގެން މެންދުރު ފަހު 15:00 އަށެވެ. އަދި ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް ލަފާކޮށްފައިވެއެވެ.

އެގޮތުން ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓް އޮފީހުން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން