މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ އޭޕްރަން ބޮޑުކުރުމަށް އައިލެންޑް އޭވިއޭޝަނާ އެމްޓީސީސީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ އޭޕްރަން ބޮޑުކުރުމަށް އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސް) އާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނީ މިއަދުއެވެ.

މި އެއްބަސްވުމުގައި ރަސްމީކޮށް ސޮއިކުރެއްވީ އައިއޭއެސްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް އާއި އެމްޓީސީސީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަބްދުالله ޒިޔާދުއެވެ.

މިއީ ޕްރިމިއާ ގްލޯބަލް އޭވިއޭޝަން ހަބެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓެކެވެ. މި އެއާޕޯޓް ފުޅާކުރުމުގެ ޕްރޮޖެކްޓުގެ ތެރޭގައި ޖުމްލަ 15،300 އަކަމީޓަރުގެ ސަރަހައްދެއްގައި ތާރު އެޅުމުގެ މަސައްކަތް ހިމެނެއެވެ.

މިހާރު މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި އެއްފަހަރާ 13 ބިޒްނަސް ޖެޓް ޕާކް ކުރެވޭނެ ކަމަށާއި ނަމަވެސް މި މަޝްރޫއު ނިމުމުން އެއްފަހަރާ 26 ބިޒްނަސް ޖެޓް ޕާކު ކުރެވޭނެ ކަމަށް މޯލްޑިވިއަނުން ބުނެއެވެ.

މޯލްޑިވިއަނުން ބުނީ މާފަރު އެއާޕޯޓުގެ އޭޕްރޮން ބޮޑުކުރުމުގެ މަސައްކަތް ނިންމަން ހަމަޖެހިފައި ވަނީ ހަ މަސް ދުވަހުގެ ތެރޭގައި ކަމަށެވެ. އަދި މި މަސައްކަތް ނިމުމުން އެއާޕޯޓުގެ ކެޕޭސިޓީ އިތުރުވެ ހައި އެންޑް ޓްރެވަލާސް އާއި ބިޒްނަސް ޖެޓް އޮޕަރޭޓަރުންނަށް އިސްކަންދޭ މަންޒިލެއްގެ ގޮތުގައި އެއާޕޯޓުގެ ދަރަޖަ އިތުރަށް ވަރުގަދަވެގެންދާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން