ލާމު އަތޮޅުގެ ރަށެއް--
ލާމު އަތޮޅުގެ ރަށެއް--
ކޮންމެ އަތޮޅަކަށް ޓޫރިޒަމްގެ މާސްޓާ ޕްލޭންއެއް އެކުލަވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމަ ފައިސަލް ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްގައި ރޭ މިނިސްޓަރު ފައިސަލް ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާ ސިންދަފާތު ކުރުމަށް ޕްލޭންތަކެއް އެބަ ހުރި ކަމަށެވެ.

އެހެން ނަމަވެސް އެ ޕްލޭންތައް ހަދަނީ ކަމަކަށް ކަމެއް ކުރުމަށް ނޫން ކަމަށާއި އަމާޒަކީ ދުރު މުސްތަގުބަލަށް ދެމެހެއްޓެނިވި ގޮތެއްގައި އެކަން ކުރުން ކަމަށެވެ. އެހެންވެ އެފަދަ ޕްލޭންތަކަށް އަމަލީ ސިފައެއް ގެނައުމަށް މަސައްކަތްތައް މިހާރު ފަށާފައިވާ ކަަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ޓޫރިޒަމް މިނިސްޓްރީގައިި މިހާރު ވަރަށް ބޮޑަށް ކުރިއށް ގެންދާ މަސައްކަތެއް ކޮންމެ އަތޮޅަކަށް ވެސް ޓޫރިޒަމާ ގުޅޭ މާސްޓާ ޕްލޭންއެއް އެކުލަވާލުން. އެ އަތޮޅަކުން އުފައްދާނީ ކިތައް ބެޑުތޯ. އެއީ އާންމުކޮށް އަތޮޅެއްގަ ސަސްޓެއިނަބަލް ގޮތަކަށް ކުރިއަށް މި ގެންދެވެނީ 4000 އާއި 6000އެއްހާ އެނދު ހުރެގެން." މިނިސްޓަރު ވިދާޅުވި އެވެ.

އެގޮތުން ލޯކަލް އައިލެންޑްގެ ކޮންސެޕްޓްގެ ތެރެއިން އުފައްދާނީ ކިތައް އެނދުތޯއާއި އަދި ވަން އައިލެންޑް ކޮންސެޕްޓްގެ ތެރެއިން ފަތުރުވެރިކަމަށް ހުޅުވާލާނީ ކިތައް ރަށްތޯއާއި އަދި އެފަދަ ރަށްތައް ފާހަގަކޮށް އެރަށްތަކުގެ ހާއްސަ ކަންކަން ފާހަގަކޮށް ހެދުމުގެ ކަންކަން މިހާރު ކުރަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން