ފޮރިން މިނިސްޓަރު މޫސާ ޒަމީރު، ބަހްރެއިންގެ ކްރައުން ޕްރިންސާ ބައްދަލުކުރައްވައި ރަސްގެފާނަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސިޓީފުޅެއް އަރުއްވައިފި އެވެ.

ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިއަދު "އެކްސް"ގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބަހްރެއިންގެ ޑެޕިއުޓީ ސުޕްރީމް ކޮމާންޑަރު އަދި ބޮޑުވަޒީރު ވަލީއަހުދު ސަލްމާން ބިން ހަމަދު އަލް ޚަލީފާއާ ބައްދަލުކުރެއްވުމުގެ ޝަރަފު މިއަދު ލިބިވަޑައިގެންނެވި ކަމަށެވެ.



މިނިސްޓަރު ޒަމީރު ވިދާޅުވީ ބަހްރެއިންގެ ރަސްގެފާނު ހަމަދު ބިން އީސާ އަލް ޚަލީފާއަށް ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސިޓީފުޅެއް މިބައްދަލު ކުރެއްވުމުގައި އަރުވާފައިވާ ކަމަށެވެ. މި ބައްދަލުކުރެއްވުމުގައި ރާއްޖެ އާއި ބަހްރެއިނާ ދެމެދު މިހާރު އޮތް އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ވައުދުތަކެއްވެ، މަޝްވަރާތަކެއް ކުރެވުނު ކަމަށް ޒަމީރު ވިދާޅުވިއެެވެ.

ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ބަހްރެއިނަށް ވަޑައިގަތީ އިއްޔެެެއެވެ. ފޮރިން މިނިސްޓްރީއިން ބުނީ މި ދަތުރުފުޅަކީ ބަހްރެއިންގެ ފޮރިން މިނިސްޓަރު ޑރ. އަބްދުއްލަތީފް ބިން ރާޝިދު އަލް ޒަޔާނީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. އެ މިނިސްޓްރީއިން ބުނީ މިނިސްޓަރުގެ މި ދަތުރުފުޅުގެ ބޭނުމަކީ ދެ ޤައުމުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުން ކަމުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން