މިސްކިތްތަކުގައި ޤުރުއާން ކްލާސް ހިންގަން 20 ފަރާތަކުން ހުށަހަޅާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިސްކިތްތަކުގައި ހިލޭ ސާބަހަށް ގާރީ ކްލާސްތައް ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް މިދިޔަ މަހުގެ 28 ވަނަ ދުވަހު އިސްލާމިކް މިނިސްޓްރީން ވަނީ ފުރުސަތު ހުޅުވާލާފައެެވެ.

"އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ، މިސްކިތްތަކުގައި ހިލޭ ސާބަހަށް ޤުރުއާން ކިޔަވައިދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ހުޅުވާލި ފުރުޞަތަކުގައި މިއަދާހަމައަށް 20 ރަށެއްގެ މިސްކިތުގައި ޤާރީ ކްލާސް ހިންގަން އެދި ހުށާހަޅާފައިވާ ކަމަށެވެ.

ނަމަވެސް މިކަމުގެ އިތުރު ތަފްސީލެއް މިނިސްޓަރު ނުދެއްވައެެވެ.

މިސްކިތްތަކުގައި ހިލޭ ސާބަހަށް ގާރީ ކްލާސްތައް ހިންގަން މުޅި ރާއްޖެއަށް ހުޅުވާލި މި ފުރުސަތު ހަމަވާނީ މިމަހުގެ 15 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން