މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އެކިވަރުގެ ގެއްލުންތައް ލިބިގެން މިހާތަނަށް 9 ރަށަކުން ރިޕޯޓު ކޮށްފައިވާކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ބުނެފިއެވެ.

އެ އޮތޯރިޓީން މިއަދު ބުނީ، މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިގަދަވެގެން އެކިވަރުގެ ގެއްލުން ލިބިގެންނާއި ފެންބޮޑުވެގެން ގެއްލުން ލިބިގެން މިއަދު ހަވީރު 6 އާއި ހަމައަށް 9 ރަށަކުން އެ އޮތޯރިޓީއަށް ރިޕޯޓު ކޮށްފައިވާކަމަށެވެ.

ނަމަވެސް، އެ އޮތޯރިޓީން ބެލި ބެލުމުގައި ގެދޮރަށް ގެއްލުން ލިބިގެން އެއްވެސް އާއިލާއެއް އެހެންތަނަކަށް ބަދަލުކުރަންޖެހޭފަދަ ހާދިސާއެއް ހިނގާފައި ނުވާކަމަށް ވަނީ ބުނެފައެވެ.

ވިއްސާރައިގައި ގެއްލުންވެގެން މިހާތަނަށް ރިޕޯޓު ކޮށްފައިވާ ރަށްތަކަކީ، ސ.މަރަދޫ، ސ. ފޭދޫ، ސ. ހިތަދޫ، ގއ. ދެއްވަދޫ، ޅ. ނައިފަރު، ޅ.ކުރެންދޫ، ކުޅުދުއްފުށި ސިޓީ، ހއ. ބާރަށް އަދި ހއ. ދިއްދޫއެވެ.

މި ހަފްތާއަކީ މުޅި ރާއްޖެއަށް ވެސް ވަރަށް ބޮޑަށް ވިއްސާރަވެ ވައިގަދަވެ ކަނޑުތައް ގަދަވާނެ ދުވަސްތަކެއްކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން