ފުޓުބޯޅަ ކުޅުއްވަން އުޅުއްވަނިކޮށް ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑް) އަށް އަނިޔާވެއްޖެއެވެެ.

ޔޫތު މިނިސްޓަރު އަސްވާޑަށް އަނިޔާވީ ޒުވާނުންގެ ދުވަހާ ގުޅިގެން ހުޅުމާލެ ރެހެންދި ޓާފް ދަނޑުގައި ރޭ ފުޓުބޯޅަ ކުޅުއްވަމުން ގެންދަވަނިކޮށެވެ. އެގޮތުން ފުޓުބޯޅަ ކުޅުއްވަނިކޮށް މިނިސްޓަރުގެ އަތްޕުޅު ވަނީ ހުޅުން ނެއްޓިފައެެވެ.

އަނިޔާވުމާއެކު، ވަގުތުން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް މިނިސްޓަރަށް ފަރުވާދޭން ފެށިއެވެ.

އިތުރު އެހެން އަނިޔާއެއް ލިބިފައި ނުވާ ކަމަށް އެނގިފައިވެއެެވެ. އަދި މިނިސްޓަރުގެ ހާލު ރަނގަޅުކަމަށް މައުލޫމާތު ލިބެއެެެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން