ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް އެ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
"ރަސް"އަށް އެނގިފައިވާ ގޮތުގައި ޝަމީމް މަގާމުން ވަކިކުރަން މަޖިލީހަށް ހުށަހެޅުއްވީ ވެރިކަން ކުރާ ޕީއެންސީއަށް ނިސްބަތްވާ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދެވެ.
މަޖިލީހުގެ ގަވައިދު މިހާރު އޮންނަ ގޮތުން ޕީޖީގެ މަޤާމުން ޝަމީމް ވަކިކުރުމުގެ މަސައްކަތް ފަށަން ޖެހެނީ ޖުޑިޝަރީ ކޮމިޓީންނެވެ. އެހެންކަމުން އެ މައްސަަލަ އެންމެ ފުރަތަމަ ހުށަހެޅީވެސް އެ ކޮމިޓީ އަށެވެ.
އަދި މިއަދުގެ ޖުޑިޝަރީ ކޮމިޓީގެ ޖަލްސާގައި ވަނީ އެ މައްސަލަ އެެޖެންޑާކޮށް އެ މައްސަލަ އިތުރަށް ދިރާސާކުރަންވެސް ފާސްކޮށްފަ އެވެ.
ޝަމީމް ވަކިކުރަން ޝާހިދު ހުށަހެޅި މައްސަލައިގައި ގިނަ ސަބަބުތަކެއް ހިމަނާފައި ވެއެވެ.
އޭގެ ތެރޭގައި ކޮވިޑްގެ ވެންޓިލޭޓަރުގެ ހިޔާނާތުގެ މައްސަލައިގައި ދައުވާ ނުކުރަން ނިންމުމާއި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ކުރި ޖިންސީ ގޯނާގެ ތުހުމަތުތަކުގެ މައްސަލައިގައި އެންމެ ފަހުން ދައުވާ ނުކޮށް ފައިލްކުރުމާއި އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ޝާމިލުވިކަމަށް ތުހުމަތު ކުރެވުނު ކުރީގެ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްސަލަ ފައިލްކުރިކުރުން ހިމެނެ އެވެ.
އޭގެ އިތުރުން ޕީޖީގެ މުވައްޒަފުންގެ މެދުގައި ތަފާތުކުރުންތައް ގެންގުޅޭ ކަމަށް ވެސް ތުހުމަތުކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު