ޝާން މުހައްމަދު   13 އޯގަސްޓު 2024 - 13:6
މިދިޔަ މެއި/ޖޫން ގައި ބޭއްވި އޯލެވެލް އިމްތިހާނުގައި ބައިވެރިވި ދަރިވަރުންގެ ނަތީޖާ ދޫކުރަން ފަށައިފިއެވެ.

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން މިއަދު އޯލެވެލް އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށާފައިވާއިރު އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިހާނު ހިމެނޭ ގޮތަށް 7،501 ކުދިން މި ފަހަރުގެ އޯލެވެލް އިމްތިހާނުގައި ބައިވެރިވެފައިވާކަން ފާހަގަ ކުރެވެ.

މިފަހަރު 7،155 ކުދިން އައިޖީސީއެސްއީ ހަދާފައިވާއިރު އެސްއެސްސީ ނުވަތަ އިސްލާމް އަދި ދިވެހި މާއްދާގެ އިމްތިހާނުގައި 7،133 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. މިދިޔަ އަހަރާއި އަޅާބަލާއިރު މި އަހަރު އެސްއެސްސީ އިމްތިހާނުގައި 1026 ދަރުވަރިވަރުން އިތުރުކަން ފާހަގަ ކުރެވެއެވެ.

ޑީޕީއީ އިން ބުނީ ރާއްޖޭގެ 257 ސެންޓަރުގައި ހެދި އެސްއެސްސީ އިމްތިހާނާއި އައިޖީސީއެސްއީ އިމްތިހާނުގެ ނަތީޖާ މިއަދު މެންދުރު 12:00 އިން ފެށިގެން ދޫކުރަން ފަށާފައިވާ ކަމަށެވެ.

އިމްތިހާނުގެ ނަތީޖާ ރީޗެކް ކުރަން ބޭނުންވާ ދަރިވަރުންނަށް މާދަމާއިން ފެށިގެން މި މަހުގެ ނިޔަލަށް، އެ އިމްތިހާނު ހެދި ސެންޓަރަށް ހުށަހަޅައިގެން އެކަން ހަމަޖައްސަން ޑީޕީއީއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

އޯލެވެލް ހެދި ދަރިވަރުންނަށް މިއަދު ނަތީޖާ ދޫކުރަން ފަށާފައިވާއިރު މިއަދު ވަނީ މާލެ ސަރަހައްދުގައި ސަރުކާރުން ހިންގާ މަތީ ސާނަވީއަށް ކިޔަވައިދޭ، ސީއެޗްއެސްއީއަށް ދަރިވަރުން ވަނުމުގެ ފުރުސަތު ވެސް ހުޅުވާލައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން