މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން ފެން ބޮޑުވެފައިވާތީ މާލޭގައި 4 ފުރޮޅުލީ އުޅަނދު ނުދުއްވަން ފުލުހުން އިލްތިމާސްކޮށްފިއެވެ.

ފުލުހުން ވަނީ މާލެ ސިޓީގައި ފެން ބޮޑުވުމާ ގުޅިގެން ޒަރޫރީ ބޭނުމެއްގައި ނޫނީ ހަތަރު ފުރޮޅުލީ އުޅަނދު ނުދުއްވުމަށް އިލްތިމާސްކޮށްފައެވެ. ބޯކޮށް ވާރޭ ވެހި، މާލޭގެ މަގުތަކުގައި ފެން ބޮޑުވެ ބައެއް ގޭގެއަށް ފެން ވަނުމުގެ ހާދިސާތައް ހިނގަމުންދާތީ މަގުތަކުން ފެން ހިނދި އާންމު ހާލަތަށް މަގުތައް އަންނަންދެން މާލޭގެ މަގުތަކުގައި ބަރު އުޅަނދު ނުދުއްވުމަށް ފުލުހުން ވަނީ އަންގާފައެވެ.

މިއަދު ފުލުހުން އާންމު ކުރި މެސެޖުގައި ވަނީ ހަތަރު ފުރޮޅުލީ އުޅަނދު ވެސް ޒަރޫރީ ބޭނުމެއްގައި ނޫނީ ނުދުއްވުމަށް އިލްތިމާސްކޮށްފަައެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ މާލެ ސަރަހައްދު ހިމެނޭ ގޮތަށް ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ރީނދޫ ސަމާލު ނެރެފައެވެ. އެގޮތުން ރީނދޫ ސަމާލު ނެރެފައި ވަނީ މާލެ ސިޓީގެ އިތުރުން ކ. އަތޮޅުގެ ރަށްތަކަށާއި ވ. އަތޮޅަށާއި އއ. އަތޮޅަށާއި އދ. އަތޮޅުގެ ރަށްތަކަށެވެ.

މެޓުން ބުނީ މި ސަމާލު ނެރުނު އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހި، ފެން ބޮޑުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން