ނަސްރުގެ 95 ވަނަ މެރަތަންގެ މެޑަލް އަދި ޖާޒީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފަށް ހަދިޔާކޮށްފިއެވެ.

މެރަތަން ދުވުމުގައި ބޮޑެތި ކާމިޔާބީތަކެއް ހާސިލްކޮށްފައިވާ ދުވުންތެރިޔާ އަދި އެމްއެންޑީއެފްގެ ސާޖަންޓް ފަސްޓް ކްލާސް، ނަސްރުﷲ އަހުމަދުގެ 95 ވަނަ މެރަތަންގެ މެޑަލެއްޔާއި ޖާޒީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފަށް ހަދިޔާ ކުރީ މިކަމަށްޓަކައި ރައީސް އޮފީހުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ.

މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ، މެރެތަން ދުވުމުގެ ދާއިރާއިން ނަސްރުﷲ ހޯދާފައިވާ ކާމިޔާބީ ފާހަގަކުރައްވައި އެކަމަށް މަރުޙަބާ ދަންނަވާފައެވެ.

އަދި، ނަސްރުﷲ ގެ އެންމެ ބޮޑު އެއް އަމާޒުކަމުގައިވާ، އެންމެ ގިނަ މެރަތަން ދުވެފައިވާ އޭޝިއާ ސަރަޙައްދުގެ ދުވުންތެރިޔާގެ ޝަރަފު ހޯދުމަށް ކުރަމުންގެންދަވާ މަސައްކަތަށް އެމަނިކުފާނު ހިތްވަރުދެއްވިއެވެ. މީގެ އިތުރުންވެސް ނަސްރުﷲ ބޭނުން ކަންކަން އޮޅުންފިލުއްވައި އެކަންކަމުގައި ސަރުކާރުން ދެއްވެވެން އޮތް އެއްބާރުލުމެއް ދެއްވުމަށް މިބައްދަލުވުމުގައި މަޝްވަރާކުރެއްވިއެވެ.

މެރެތަންގެ ރޮނގުން ކުރިއަށް ދިއުމަށް 1999 ވަނަ އަހަރުގެ ކުރީކޮޅު މަސައްކަތް ފެށި ނަސްރުالله އަށް އެންމެ ފާހަގަކޮށްލެވޭ އަހަރަކީ، 2018 ވަނަ އަހަރެވެ. އެއީ އެ އަހަރު 13 މެރެތަންގައި ބައިވެ، އެ ހުރިހާ މެރެތަނެއް ވެސް ކަނޑައެޅިފައިވާ ވަގުތަށް ވުރެ ހަތަރު ގަޑިއިރު ކުރިން ނިންމާލެވުނީ އެއަހަރުކަމަށްވާތީއެވެ.

ނަސްރުالله ގެ ފާހަގަކޮށްލެވޭ ކާމިޔާބީތަކުގެ ތެރޭގައި 2020 ވަނަ އަހަރު އިންޑިއާގައި ބޭއްވި ހިންދުސްތާން މެރެތަނުން އެއްވަނަ މަގާމު ހޯދުންވެސް ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން