ރާއްޖެއަށް މިހާރު ކުރަމުންދާ ވިިއްސާރާގައި މާލެ ސަރަހައްދަށް ބޯކޮށް ވާރެވެހުމުގެ ސަބަބުން ގްރޭޓާ މާލެ ސަރަހައްދުގެ (މާލެ، ވިލިމާލެ، ހުޅުމާލެ) ސްކޫލުތައް ބަންދުކުރަން ސަރުކާރުން ނިންމައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މާލެ ސަރަހައްދަށް ބޯކޮށް ވާރެވެހުމުގެ ސަބަބުން ގްރޭޓާ މާލެ ސަރަހައްދުގެ ސްކޫލުތައް މާދަމާ ބަންދުކުރަން ނިންމާފައިވާ ކަަމަށެވެެ.

ރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރައޮގައި މިއަދު މާލެއަށް ވަރަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެގެން ބައެއް ސްކޫލުތަކުގެ މެންދުރުފަހުގެ ދަންފަޅި ވަނީ ބަންދުކޮށްފައެވެ.

މިއަދު ކުރި ވިއްސާރައިގައި މާލޭގެ ބޮޑު ބައެއްގައި ފެންބޮޑުވެފައިވާއިރު، ފެން ހިއްކުމުގެ މަސައްކަތް ފުލުހުންނާއި ސިފައިންނާއި މާލޭ ސިޓީކައުންސިލުން ގެންދަނީ ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން