ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު އަޒާންގެ އަނބިކަނބަލުން އިންޑިޔާއަށް ވަޑައިގަތުމުން އެގައުމުން ބޭރުކޮށްލި ވާހަކަ އަކީ ދޮގެއް ކަމަށް އަޒާން ވިދާޅުވެއްޖެއެވެ.

އޮންލައިން ނޫހަކު ރިޕޯޓު ކޮށްފައިވާ ގޮތުގައި، އަޒާންގެ އަނބިކަނބަލުން އިންޑިޔާއަށް ވަޑައިގަތުމުން އެގައުމުން އޭނާ ބޭރުކޮށްލީއެވެ. ނަމަވެސް އެކަމާ ގުޅިގެން 'ރަސް' އަށް މައުލޫމާތު ދެއްވަމުން އަޒާން ވިދާޅުވީ، އިންޑިޔާއަށް އެތެރެވުމަށް ހުއްދަ ދިނުމުގެ ކުރިން 20 ވަރަކަށް މިނިޓް އަނބިކަނބަލުން މަޑުކުރަން ޖެހުނު ކަމަށެވެ. ނަމަވެސް އަނބިކަނބަލުން އެގައުމުން ޑީޕޯޓް ނުކުރާ ކަމަށާއި، ވަކި އިރެއްގެ ކުރިން ފުރަންވެސް ޝަރުތު ނުކުރާ ކަމަށެވެ.

ނަމަވެސް އެ ހާދިސާ އެގޮތަށް ހިނގުމުން، އެނބުރި ގައުމަށް ވަޑައިގަތުމަށް އަނބިކަނބަލުން އަރިހުން އެދިވަޑައިގެންނެވީ ކަމަށާއި، އެނބުރި ރާއްޖެ ވަޑައިގަތީ އެހެންވެގެން ކަމަށް އަޒާން ވިދާޅުވިއެވެ.

އަޒާނަކީ، މިދިޔަ ދައުރުގައި އިދިކޮޅުން ހިންގި "އިންޑިޔާ އައުޓް" ކެމްޕޭންގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެކެކެވެ. އެ ކެމްޕޭންގެ ދަށުން ގޮވާލާފައި ވަނީ އިންޑިޔާ ސިފައިން ރާއްޖެއިން ބޭލުމަށެވެ.

އަޒާން ވަނީ ކުރީގެ ރައީސް ޞާލިހުގެ ސަރުކާރުގައި އިންޑިއާއާއެކު ބޭއްވި ގުޅުންތަކަށް ވަރަށްބޮޑަށް ފާޑުވިދާޅުވެ އިންޑިއާއެކު ހަދާފައިވާ އެއްބަސްވުންތައް ހާމަކޮށް ބާތިލު ކުރުމަށް ވެސް ގޮވާލައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން