ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ބައެއް ފްލައިޓްތައް ފުރަން ހަމަޖެހިފައިވާ ގަޑިއަށް ނުފުރި ލަސްވުން އެކަށީގެންވާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ބުނެފިއެވެ.

އެ ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ހަފުތާ ތެރޭގައި ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކޮށްފައިވާތީ ފުރަން ހަމަޖެހިފައިވާ ބޯޓުތައް ޑިލޭތަކެއް ވެދާނެ ކަމަށާއި އެއާޕޯޓަށް އަންނަ އިރު އެކަމަށް ސަމާލުވެ ރަނގަޅަށް ތައްޔާރު ވާން އެދޭ ކަމަށެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާ ގޮތުގައި ކުރިއަށްއޮތް 5 ދުވަހު ވެސް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް ވިއްސާރަ ވާނެއެވެ. އަދި އާދަޔާއި ހިލާފަށް ގިނައިން ވާރޭ ވެހޭނެކަމަށް ލަފާކުރެވޭކަމަށާއި އޭގެ ސަބަބުން ފެންބޮޑުވުމުގެ ހާދިސާތައް ހިނގުން އެކަށީގެންވާކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

މާލެއަށް ވެސް މިއަދު ހުއްޓާނުލާ ވާރޭ ވެހުމުގެ ސަބަބުން ވަނީ ފެންބޮޑުވެ ގިނަ ހިދުމަތްތަކަކަށް ބުރޫ އަރާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން