މިއަދުގެ މަޖިލިސް ޖަލްސާ ނިމުނުގޮތަށް، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު އިމްރާން ލަތީފް (އިންމު) އާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެންބަރު މުސްޠަފާ ޙުސެއިން ވެލިބަސްތާ ޖަހަން ނުކުމެވަޑައިގެންފިއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން މާލެއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވުމާއި ގުޅިގެން ގޯތި ގެދޮރަށް ފެންވަނަ ނުދީ ގެއްލުންތައް ކުޑަކުރަން ވެލިބަސްތާ ޖެހުމުގެ މަސައްކަތް ކުރަމުންދިޔައިރު ގިނަބައެއްގެ ލޮލުގައި އަޅައިގަތީ މަޖިލިސް ދެ މެންބަރަކު ޖަލްސާއިން ނުކުމެވަޑައިގެންނެވި ގޮތަށް ރަސްމީ ހެދުންކޮޅާއެކު ވެލި ބަސްތާ އުފުއްލަވާ މަންޒަރު ފެންނަ ވީޑިއޯ އެކެވެ.

އެކްސްގައި މިއަދު އާއްމުވި މި ވީޑިއޯއިން ފެނިގެން ދަނީ މެމްބަރު އިއްމަ އާއި މުސްތޮވެސް ވެލި ބަސްތާ އުފުލުމުގައި އަވަދިނެތި އުޅުއްވާތަނެވެ.



ސޯޝަލްމީޑިޔާގައި ވީޑިއޯ ހިއްސާކުރި މީހާ ބުނެފައި ވަނީ، މަޖިލިސް ޖަލްސާ ނިމުނު ގޮތަށް ގެޔަށް ވެސް ވަދެނުލާ ރައްޔިތުންގެ ޚިދުމަތުގައި ރައްޔިތުންގެ މެމްބަރުން ހަަރަކާތްތެރި ވަނި ކަމަށެވެ. އަދި ރައީސް ޑރ. މުހައްމަދު މުޢިއްޒު ޕީއެންސީއިން ރައްޔިތުންގެ ޚިދުމަތަށް ނެރެފައި ތިބީ ފިސާރި ޒުވާނުންތަކެއް ކަމަށް ވީޑިއޯ ހިއްސާ ކުރި ފަރާތުން ބުންޏެވެ.

ވެލިބަސްތާ ޖެހުމުގެ މަސައްކަތުގައި ސިފައިންނާ ފުލުހުންގެ އިތުރުން ސަރުކާރުގެ ކުންފުނި ތަކުގެ ގިނަ އަދަދެއްގެ މުވައްޒަފުން ވެސް ހަރަކާތްތެރިވަމުންދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން