އިއްޔެ ކުރި ވަރުގަދަ ވިއްސާރައާ ގުޅިގެން ގިނަ ރަށްތަކަކަށް ގެއްލުންތައްވި ކަމަށް ނެެޝެނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.

އެންޑީއެމްއޭއިން ބުނީ ވިއްސާރައާ ގުޅިގެން 20 ރަށަކަށް ގެއްލުން ލިބުނު ކަމަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ހއ. އިހަވަންދު އާއި ހޯރަފުއްޓާއި ބާރަށާއި އުލިގަމާއި މާރަންދު އާއި ތަކަންދު އާއި މުރައިދު އާއި ކެލާ، އުތީމާއި މޮޅަދު އާއި ވަށަފަރާއި ފިއްލަދީގެ އިތުރުން ހދ. ނޮޅިވަރަންފަރާއި ނޮޅިވަރަމާއި ހަނިމާދު އާއި ނެއްލައިދު އާއި ކ. ހުރަ އާއި އައްޑޫ ސިޓީ ހިތަދުއާއި ފޭދޫގެ އިތުރުން މީދޫ ހިމެނެ އެވެ.

އޭގެ ތެރެއިން ހއ. ބާރަށުގެ ދެ އާއިލާއަކާއި ހއ. ހޯރަފުށީގެ ހަ އާއިލާއަކާއި ހއ. ކެލާގެ ދެ އާއިލާއެއްގެ އިތުރުން ހއ. އިހަވަންދޫގެ ދެ އާއިލާއެއް އެހެން ތަންތަނަށް ބަދަލުކޮށްފައިވާ ކަމަށެވެ.

އިއްޔެ އެންމެ ބޯކޮށް ވާރޭވެހިފައިވަނީ މާލެއަށެވެ. މި ވިއްސާރައިގެ ސަބަބުން މާލޭގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވެގެން 231 ހާދިސާއެއް ރިޕޯޓްކޮށްފައިވާ ކަމަށް އެންޑީއެމްއޭއިން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން