މާލޭ އުސް އިމާރާތެއްގެ މަތިން ވެއްޓުނު މީހަކަށް ފަރުވާ ދޭން ފަށައިފިއެވެ.

ޝޯޝަލް މީޑިޔާގައި އާންމުވެފައިވާ ވީޑިއޯ އަކުން ފެންނަގޮތުގައި މި ހާދިސާ ހިނގާފައިވަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ސަރަހައްދުގައެވެ. އެމީހާ ވެއްޓިފައިވަނީ އެ ސަރަހައްދުގައި ހުންނަ މ. ހަސޯވާގޭގެ އިމާރާތަކުންނެެވެ.



އިމާރާތުން ވެއްޓިފައިވަނީ އަންހެނެކެެވެ. އެއީ ދިވެއްސެއް ކަމެއް ބިދޭސީއެއް ކަމެއް އަދި ސާފެއް ނުވެއެވެ. އިމާރަތުން ވެއްޓުނު މީހާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ އެސަރަހައްދުން ދަތުރުކުރި ޕިކަޕަކަށް ލައިގެންނެވެެ.

ފުލުހުންގެ ޚިދުމަތުން ބުނީ މާފަންނު އިމާރާތަކުން މީހަކު ވެއްޓިގެން ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން