އިއްޔެ މާލެއަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވެ ބައެއް ގެދޮރަށް ފެން ވަދެ ލިބުނު ގެއްލުންތަކާ ގުޅޭ އެސެސްމެންޓް ހެދުމުގެ މަސައްކަތް މާދަމާ ފަށަން ނިންމައިފިއެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ވިއްސާރައާއި ގުޅިގެން ހާލުގައި ޖެހުނު ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން އެ އޮތޯރިޓީން ފޯރުކޮށްދެމުންދާ ކަމަށެވެ. އެގޮތުން ވިއްސާރައިގައި ލިބުނު ގެއްލުންތަކުގެ އެސެސްމަންޓް ހެދުމުގެ މަސައްކަތް މާދަމާ ފެށުމަށް ތައްޔާރުވަމުންދާ ކަމަށް އެންޑީއެމްއޭ އިން ބުނެއެވެ.

އެންޑީއެމްއޭ އިން ބުނީ ވިއްސާރައިގެ ސަބަބުން ފަސް އާއިލާއެއްގެ 23 މީހަކު ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި ފެނުގެ އަސަރުކޮށްގެން 256 ގެއަކުން އެންޑީއެމްއޭ އަށް ރިޕޯޓުކޮށްފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެެ.

ރާއްޖޭގެ އެކި ސަރަހައްދުތަކަށް އަދިވެސް ދަނީ ވިއްސާރަކުރަމުންނެވެެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން