މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އަދިވެސް މޫސުން ގޯސްވާނެކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑުބަޔަކަށް ނެރުނު ރީނދޫ ސަމާލު ދަންމާލައިފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން މިރޭ ބުނެފައިވަނީ, ހއ. އަތޮޅުން ފެށިގެން ދ. އަތޮޅާ ހަމައަށް ހަވީރު 6:00 އިން މިރޭ 10:00 އާއި ހަމައަށް ރީނދޫ ސަމާލު ނެރެފައިވާނޭކަމަށެވެ. ނަމަވެސް, އަދިވެސް މިރޭ އެ ސަރަހައްދުތަކަށް މޫސުން ގޯސްވާނެތީ މިރޭގެ މެންދަމު 2:00 އާއި ހަމައަށް ސަމާލު ދަންމާލާފައިވާކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

މެޓް އޮފީހުން ބުނީ, އެ ވަގުތުތަކުގައި އެ ސަރަހައްދުތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން