ސްރީލަންކާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް، އޮނަރަބަލް މަހިންދަ ޔަޕަ އަބޭވަރްދަނާ ރަސްމީ ދަތުރުފުޅު ނިންމާލެއްވުމަށްފަހު ފުރާވަޑައިގެންްފިއެވެ.

ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މަހިންދަ ޔަޕާ އަބޭވަރްދަނާ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަތީ މިދިޔަ އާދިއްތަ ދުވަހުއެވެ. އެމަނިކުފާނުގެ މިދަތުރުފުޅުގައި ވަނީ ރާއްޖޭގެ ރައީސުލުޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒާ ވެސް ބައްދަލުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ސްރީލަންކާގެ ރިޔާސީ އިންތިޚާބު ޞުލްޙަވެރިކަމާއެކު ކުރިޔަށްދިއުމަށް އެދިވަޑައިގަންނަވާފައެވެ. އަދި އެއީ ސްރީލަންކާގެ ތަރައްޤީއާ ފާގަތިކަމަށް ވެސް ބާރުއެޅިގެންދާނެކަމެއްކަން ފާހަގަކުރައްވާފައެވެ.

ސްރީލަންކާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސްގެ މިދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސްރީލަންކާގެ ޤާނޫނު ހަދާ މަޖިލީހުގެ ޚާއްޞަ ވަފުދެއް ވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲއާ ވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި މަޖިލީހުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލައްވާލައްވާފައިވެއެވެ.

އޮނަރަބަލް މަހިންދަ ޔަޕަ އަބޭވަރްދަނާ ރާއްޖެއަށް ކުރެއްވި މި ދަތުރުފުޅަކީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުﷲގެ ޚާއްޞަ ދަޢުވަތަކަށް ކުރެއްވި ރަސްމީ ދަތުރުފުޅެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން