އިސްރާއިިލުގެ ހައްދު ފަހަނައަޅާފައިވާ ދީނީ އިލްމުވެރިޔާ ޔޯސެފް މިޒްރާހީ
އިސްރާއިިލުގެ ހައްދު ފަހަނައަޅާފައިވާ ދީނީ އިލްމުވެރިޔާ ޔޯސެފް މިޒްރާހީ
މުސްލިމުންގެ ތިންވަނައަށް އެންމެ މުގައްދަސް މިސްކިތް ކަމަށްވާ މަސްޖިދުލް އަގްސާއަށް މިސައިލް ހަމަލާއެއް ދީ ހަލާކުކޮށްލުމަށްފަހު އިރާނުގެ ބޮލުގައި އަޅުވަން އިސްރާއިިލުގެ ހައްދު ފަހަނައަޅާފައިވާ ދީނީ އިލްމުވެރިޔަކު ގޮވާލައިފި އެވެ.

އިސްރާއިލުގެ ޔަހޫދީ ރާބީއެއް ކަމަށްވާ ޔޯސެފް މިޒްރާހީ ބުނީ އޭނާއަށް ވެގެންވާނަމަ މިދިޔަ އޭޕްރީލް މަހު އިރާނުން އިސްރާއިލަށް ޑްރޯންތައް ފޮނުވާލި އިރު އަގްސާ މިސްކިތައް ބޮން އަޅައި އެކަން އިރާނުގެ ބޮލުގައި އެޅުވީސް ކަމަށެވެ.

އޭރުން އިރާނާ އަރަބިންނާ ގުޅުން ގޯސްވެ ދެ ބައި މީހުން ދެމެދުގައި ތަޅާފޮޅަން ޖާގަ ދެވޭނެ ކަމަށް ވެސް އޭނާ ބުންޏެވެ.

ޔޯސެފްއަކީ ޔަހޫދީންގެ ހައްދު ފަހަނައަޅާފައިވާ އިލްމުވެރި އެކެވެ. އޭނާގެ ހަރުކަށި ވާހަކަތަކުގެ ސަބަބުން އިނގިރޭސިވިލާތުން ވެސް އޮންނަނީ އެ ގައުމަށް އެރުން މަނާކޮށްފަ އެވެ.

އަގްސާ މިސްކިތް ތަޅާލުމަށް ފަހު އެތަނުގައި ޔަހޫދީންގެ ފައްޅިއެޅުމަކީ ހަރުކަށި ޔަހޫދީން ފެންބޮވައިގެންފައި ތިބި ކަމެކެވެ.

އިސްރާއިލާ އިރާނާ ގުޅުން މި ފަހުން ގޯސްވީ ހަމާސްގެ ޕޮލިޓިކަލް ޗީފް ހަނިއްޔާ އިރާނުގައި ޝަހީދުކޮށްލުމާ ގުޅިގެން ނެވެ. އިރާނުން ބުނީ އެ މައްސަލައިގައި ވަރުގަދައަށް ބަދަލު ހިފާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން