ފޮޓޯ: ދައުރު
ފޮޓޯ: ދައުރު
އައިޖީއެމްއެޗް ހޮސްޕިޓަލުގެ އިމަޖެންސީ ފަޅީގައި ދިރާގު ހެޑް އޮފީހުގެ ފަހަތަށް ވާގޮތަށް ހުރި ފާރެއް ވެއްޓިއްޖެ އެވެ.

މިހާރު ކުރަމުންދާ ވިއްސާރާގައި މިރޭ މާލެއަށް ވައި ގަދަވެ އެފާރު ވެއްޓުނީ މިއަދު އިރުއޮއްސުނު ވަގުތުއެވެ. މި ހާދިސާގައި އެ ސަރަހައްދުގައި ޕާކުކޮށްފައިވާ ބައެއް ސައިކަލުތަކަށް ވެސް ވަނީ ގެއްލުންވެފަ އެވެ. އެ ހާދިސާގައި ގިނަ އަދަދެއްގެ ސައިކަލަށް ގެއްލުންވެފައިވާތަން ފެންނަ ފޮޓޯތަކެއް ޝޯޝަލް މީޑިޔާގައި ވަނީ އާންމުވެފައެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ ދިރާގު ހެޑް އޮފީސް ކައިރީ، ޕާކިން ޒޯން ހިމެނޭ ހިސާބުގައި ޖަހާފައި ހުރި ފެންސެއް ވެއްޓިގެން ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާނުވި ނަމަވެސް އެތާ ހުރި ސައިކަލުތަކަކަށް ގެއްލުންވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން