ސައިލެންޓު ސެރެބްރަލް އިންފާކްޝަން ނުވަތަ ސައިލެންޓު ބްރެއިން ސްޓްރޯކަކީ އާދައިގެ ސްޓްރޯކު ތަކާ ހިލާފަށް، ސްޓްރޯކު ޖެހުމުގެ އެއްވެސް އަލާމާތެއް ނުފެނި ކުރިމަތިވާ ކަމެކެެވެ. އެގޮތުން މިހާލަތު ދިމާވާ މީހުންގެ ފަރާތުން ވާހަކަދެއްކުމަށް ދަތިވުމާއި ބަލިކަށިވުން ފަދަ އެއްވެސް އަލާމާތެއްވެސް ނުފެނިދާނެއެވެ. 2016 ވަނަ އަހަރު ނެރުނު ސައިންޓިފިކް ބަޔާނެއްގައި ވާގޮތުން 80 އަހަރުން މަތީގެ 25 އިންސައްތަ މީހުންނަށް އެމީހުންގެ އުމުރުގައި މަދުވެގެން އެއްފަހަރު ސައިލެންޓް ސްޓްރޯކް ކުރިމަތިވެއެވެ.
ސައިލެންޓު ސްޓްރޯކަކީ ކޮބާ؟
އާންމު ގޮތެއްގައި ސްޓްރޯކު ޖެހުމަށް މެދުވެރިވަނީ މީހާގެ ސިކުނޑީގައިވާ ލޭނާރުތަކުގެ ތެރެއިން ލޭނާރެއް ބުލޮކު ވުމުންނެވެ. އަދި ސްޓްރޯކު ޖެހުމުގެ ސަބަބުން ހަށިގަނޑުގެ މުހިންމު މަސައްކަތްތައް ކޮންޓްރޯލު ކުރާ ބައިތަކަށް ގެއްލުންވެ، އޭގެ ސަބަބުން މީހާ ވަރުބަލިވުމާއި، ވާގިދިޔުން ފަދަ ކަންތައްތައްވެސް ކުރިމަތި ވެއެވެ.
ނަމަވެސް ސައިލެންޓު ސްޓްރޯކަކީ ހަށިގަނޑުގެ މުހިންމު މަސައްކަތްތައް ކޮންޓްރޯލު ނުކުރާ ކުޑަ ބަޔަކަށް ގެއްލުމެއް ލިބުމުން ކުރިމަތިވާ، އަދި މިހާއަށް މިކަމުގެ އެއްވެސް އަލާމަތެއް ނުފެންނަ ހާލަތެކެވެ. އާންމު ގޮތެއްގައި މި ބަލި ދެނެގަނެވެނީ އެހެން ބައްޔަކަށް ފަރުވާ ހޯދުމަށްޓަކައި މީހާގެ ސިކުނޑި ސްކޭނު ކުރުމުގެ ތެރޭގައެވެ.
ސައިލެންޓު ސްޓްރޯކް ޖެހެން މެދުވެރި ވަނީ ކީއްވެ؟
ދާދި ފަހުން އެޗްޓީ ލައިފްސްޓައިލަށް މުމްބާއީ ހޮސްޕިޓަލްގެ ނިއުރޯސާޖަން އެއް ކަމަށްވާ ޑޮކްޓަރު ރާގްވެންދަރު ރަމްދާސީ ވަނީ މި ބައްޔާ ބެހޭ މައުލޫމާތު ހިއްސާކޮށް، މިބަލި ޖެހުމަށް މެދުވެރިވާ ގޮތް ކިޔައި ދީފައެވެ. އެގޮތުން އޭނާ ބުނެފައިވަނީ މި ބަލި ޖެހުމަށް މެދުވެރިވަނީ ސިކުނޑީގެ ވަކި ބަޔަކަށް ލޭ ދައުރުވުން ވަގުތީ ގޮތުން ހުއްޓުމާ ގުޅިގެން ސިކުނޑީގެ ޓިޝޫތައް މަރުވުމުން ކަމަށެވެ.
ސައިލެންޓު ސްޓްރޯކު ޖެހުމުން ވަގުތުން މީހާގެ ހަށިގަނޑަށް މާ ބޮޑު ނުރައްކަލެއް ކުރިމަތިނުވީނަމަވެސް ނުވަތަ މީހާ ވަގުތުން މަރު ނުވީނަމަވެސް މި ބައްޔަކީ ބޮޑެތި، އަދި ހަށިގަނޑަށް ގެއްލުން ހުރި ސްޓްރޯކުތައް ޖެހުމުގެ ނުރައްކާ އިތުރު ކޮށްދޭ ކަމެއް ކަމަށް އޭނާ ވަނީ ބުނެފައެވެ.
މި ބަލީގެ ބައެއް އަލާމާތްތައް:
މި މައްސަލަ ދިމާވުމުން އާންމުކޮށް ސްޓުރޯކު ޖެހުމުން ކުރިމަތިވާ އަލާމާތްތައް ނުފެންނަ ނަމަވެސް، ހަނދާނަ ނެތުމާއި، އަވަސް އަވަހަށް މޫޑު ބަދަލުވުން ފަދަ ކަންކަން ފެންނާނެއެވެ. އާންމު ގޮތެއްގައި މި މައްސަލަ ދެނެގަނެވެނީ ބޮލުގައި ރިއްސުމާއި، ބޮލަށް އެނބުރުން އެރުމާއި އަދި ހަނދާން ނެތުން ފަދަ ކަންތައް ކުރިމަތި ވުމުން އޭގެ ސަބަބުން ސިކުނޑީގެ ސްކޭންތައް ހެދުމުންނެވެ. ޑޮކްޓަރުން މި ބަލި ދެނެގަންނަނީ ސިކުނޑީގެ ސްކޭން ތަކަަށް ބަލާފައެވެ. އެގޮތުން ސްކޭނުގައި ހުދު ތަންތަން ހުރުމާއި، ސިކުނޑީގެ ޓިޝޫ ހަލާކުވެފައި ހުރުމާއި، ލޭނާރުތަކުން ލޭ އަންނަ ތަންތަން ފެންނަން ހުންނަ ނަމަ އެއީ މި ބަލީގެ ސަބަބުން ދިމާވާ ކަމެއް ކަމަށް ޑޮކްޓަރުން ބުނެއެވެ.
މި ބަލި ޖެހުމުގެ ނުރައްކާ އެންމެ ބޮޑަށް އޮންނަނީ އުމުރުން ދުވަސްވީ މީހުންނަށާއި، ލޭގެ ޕްރެޝަރު މަތިވާ މީހުންނަށާއި، ހަކުރު ބަލި ހުންނަ މީހުންނަށާއި، ހިތުގެ މައްސަލަތައް ހުންނަ މީހުންނަށާއި އަދި ރަނގަޅަށް ހެލިފެލިވެ ނޫޅޭ މީހުންނަށެެވެ. މި ބަލިން ރައްކާތެރި ވުމަށްޓަކައި ކުރަންޖެހޭ ބައެއް ކަންކަމުގެ ތެރޭގައި މީހާގެ ލޭގެ ޕްރެޝަރު އެއް ހަމައެއްގައި ބެހެއްޓުމަށް މަސައްކަތް ކުރުމާއި، ހަކުރު ބަލި ހުންނަ ނަމަ އެކަން ކޮންޓްރޯލު ކުރުމާއި، ސިއްހަތަށް ފައިދާހުރި ކާނާ ކެއުމާއި، ގަވާއިދުން ކަސްރަތު ކުރުން ހިމެނެއެވެ. އަދި މީގެ އިތުރުން ސިނގިރެޓު ބުއިން ހުއްޓާލުމަކީވެސް މި ބަލިން ރައްކާތެރި ވުމަށްޓަކައި ކުރަންޖެހޭ ކަމެކެވެ.
މަސްދަރު: ހިންދުސްތާނީޓައިމްސް އަދި މެޑިކަލްނިއުސްޓުޑޭ

ކިޔުންތެރިންގެ ހިޔާލު