އެންމެ ބޮޑު އުފަލަކަށް ހަދަންވީ ދީނަށް ފަރުވާތެރިވުމާއި ގައުމަށް ރީތި ނަން ހޯދައިދިނުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން އަދި ޗީފް ގައިޑް މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

ސްރީލަންކާގެ ކުރުނެގަލާގައި ބާއްވާ ސިލޯނާ 2024 އިންޓަރނޭޝަނަލް ކޭމްޕްގައި މޯލްޑިވްސް ގާރލް ގައިޑްސް އެސޯސިއޭޝަނުން ބައިވެރިވާ ގައިޑު ދަރިވަރުންނާއި އެދަރިވަރުންގެ ބެލެނިވެރިން އަދި ލީޑަރުންނާއި ބައްދަލުކުރެއްވުމަށް ރޭ ސަލާޙުއްދީން ސްކޫލުގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ އަޅުގަނޑުމެންގެ ތެރެއިން ކޮންމެ ކުއްޖަކުވެސް ދެ ކަމެއް ހަނދާނުގައި ބަހައްޓަން ޖެހޭ ކަމަށެވެ.

އެގޮތުން ކޮންމެ ކުއްޖަކީވެސް މުސްލިމެއް ކަމާއި އަދި ކޮންމެ ކުއްޖަކީވެސް ދިވެއްސެއްކަން ހަނދާން ބެހެއްޓުމަށް އެކަމަނާ ގޮވާލެއްވި އެވެ.

އަދި ދީނަށް ފަރުވާތެރިވުމާއި ދިވެހި ގައުމަށް ރީތި ނަން ހޯދައިދިނުމަކީ ކޮންމެ ކުއްޖެއްގެވެސް އެންމެ ބޮޑު އުފަލަކަށް ހަދަން ޖެހޭ ކަމަށް ވެސް އެކަމަނާ ވިދާޅުވި އެވެ.

"މިދެންނެވި ފަދަ ހޭލުންތެރިކަމާއި ހުނަރުވެރިކަމާއި އަދި ފަރުވާތެރިކަމާއިއެކު ބިނާވާ ކުއްޖަކު ވާނީ ގައުމީ އުދަރެހުގައި ފިޔަޖަހާލާނެ ތަރިއަކަށް. ދިރިއުޅުމުގެ ކާމިޔާބު ދަރިއަކަށް. ތިޔަ ކުދިންގެ ކިބައިން ތިޔަ ކުދިންގެ މައިންބަފައިންނާއި މި ގައުމު ކުރާ އުންމީދަކީ އެއީ. މާދަމާ ޚިދުމަތުގެ މައިދާނުގައި އިސްވެ ތިބުން،" މެޑަމް ސާޖިދާ ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން